މަހުގެ މިހާތަނަށް ލައްކައަކައަށްވުރެ ގިނަ ފަތުރުވެރިން

މި ހިނގާ އޭޕްރިލް މަހުގެ މިހާތަނަށް ރާއްޖެއަށް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން، މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 106,218 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މިއީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ މި މުއްދަތާ އަޅާ ބަލާއިރު 26.6 އިންސައްތަ ދަށް އަދަދެކެވެ.
މީގެއިތުރުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 754,793 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 785,362 ފަތުރުވެރިންނާ އަޅާ ބަލާއިރު 3.9 އިންސައްތަ ދަށް އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ