ރަސްމާލޭގެ ދެބައިކުޅައެއްބައި ހިއްކައި ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ 50 އިންސައްތަ މިހާރު ނިމިފައިވާކަމަށް ބިނާރާ، ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރަސްމާލެ މަޝްރޫޢުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 1009 ހެކްޓަރުގެ ތެރެއިން މިހާތަނަށް 504 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. މިއީ ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއް އެއްކޮށްލުމުން ވާވަރުގެ ބޮޑު ސަރަހައްދެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ