ރާއްޖެއަށް ވަގަށް އެތެރެކުރި 7،110 ކާޓަން ސިނގިރޭޓު ފުލުހުން އަތުލައިގެންފި އެވެ.
އަދަދު އަށް ލިބިފައިވާ ފޮޓޯތަކަށް ބަލާއިރު ވަގަށް އެތެރެކޮށްފައިވަނީ މަލްބަރޯ ބްރޭންޑުގެ ސިނގިރޭޓުތަކެކެވެ. އޭގެ ބޭރުގައި އިންޒާރުގެ ލިޔުންތައް ލިޔެފައި ހުރީ އިނގިރޭސި ބަހުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަތުލައިގަތީ 158 ކޭސް ސިނގިރޭޓެވެ. އޭގެއިން ކޮންމެ ކޭހެއްގައި 45 ކާޓަން ހުންނާނެ އެވެ.
އެ ސިނގިރޭޓުތައް އަތުލައިގަތީ އަމިއްލަ މީހެއްގެ ގެއެއް ކުއްޔަށް ނަގައިގެން އެ ތަނުގައި ހަދާފައި ހުރި ގުދަނަކުންނެވެ. އެ ގުދަނަށް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުންކަން ވަނީ އެނގިފަ އެވެ.
އަތުލައިގަތް ސިނގިރޭޓުގެ ޑިއުޓީއަށް އެކަނި 12 މިލިއަން ރުފިޔާ އަރާކަން ވަނީ އެނގިފަ އެވެ.
ރާއްޖެއަށް ވަގަށް އެތެރެކުރި 7110 ކާޓަން ސިނގިރޭޓު އަތުލައިގެންފި ރާއްޖެއަށް ވަގަށް އެތެރެކުރި 7110 ކާޓަން ސިނގިރޭޓު އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ