ދައުލަތުގެ ވަޒީފާއަކުން ރިޓަޔާކުރުމަށްފަހު، އިންތިހާބީ މަގާމެއް ނުވަތަ އައްޔަންކުރާ މާގަމަކަށް ނުވަތަ ދައުލަތުގެ ކުންފުންޏެއްގެ މަގާމެއް އަދާކުރާނަމަ، އެ މަގާމެއް އަދާކުރާ މުއްދަތުގައި ރިޓަޔާމެންޓު ޕެންޝަން ނުލިބޭ ގޮތަށް ސިވިލް ސާވިސްގެ އުސޫލުތައް ބަދަލުކޮށް ގެޒެޓްކޮށްފި އެވެ.
މިއީ އާންމުންގެ ވަރަށް ގިނަ ބަޔަކު އެދެމުންދިޔަ ކަމަށެވެ. ސިވިލް ސާވިސްގެ އުސޫލުތައް ބަދަލުކޮށް މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔާކުރުމަށްފަހު، އިންތިހާބީ މަގާމެއް ނުވަތަ އައްޔަންކުރާ މާގަމަކަށް ނުވަތަ ދައުލަތުގެ ކުންފުންޏެއްގެ މަގާމެއް އަދާކުރާނަމަ، އެ މަގާމެއް އަދާކުރާ މުއްދަތުގައި ރިޓަޔާމެންޓު ޕެންޝަން ދެން ނުލިބޭނެ އެވެ.
އަދި ކުރީން ލިބެމުންދިޔަ މުސްކުޅި ކުރުމުގެ އިނާޔަތުގެ ފައިސާ މަހުންމަހަށް ދޫކުރަން ފަށާނީ އެ ވަޒީފާއިން ވަކިވާ މަހާއި ޖެހިގެން އަންނަ މަހުން ފެށިގެން ކަމަށް ވަނީ ބުނެފަ އެވެ. އައު އުސޫލުގައިވާ ގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔާކުރުމަށްފަހު، އިންތިހާބީ މަގާމެއް ނުވަތަ އައްޔަންކުރާ މާގަމަކަށް ނުވަތަ ދައުލަތުގެ ކުންފުންޏެއްގެ މަގާމެއް އަދާކުރާނަމަ އެކަން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް އަންގަން ޖެހެ އެވެ. އަދި އެގޮތުގެ މަތީން އަންގަން ޖެހޭ އެންގުން ނާންގައި އޮތުމުގެ ސަބަބުން އެފަދަ ވަޒީފާއެއްގައި ހުރި މުއްދަތުގައި އެ މީހަކަށް މުސްކުޅިކުުރުމުގެ އިނާޔަތް ދޫކޮށްފައިވާނަމަ އެ ފައިސާ އަބުރާ ދައްކަން ވެސް ޖެހެ އެވެ.
ދައުލަތުގެ ވަޒީފާއަކުން ރިޓަޔާކުރުމަށްފަހު، ބައެއް ބޭފުޅުން ސަރުކާރުގެ އިސް މަގާމުތަކަށް ވަޑައިގަތުން މި ފަހުން ވަނީ އިތުރުވެފަ އެވެ. ބޮޑު މުސާރާގައި އެފަދަ ބޭފުޅުން މަގާމުތަކަށް ވަޑައިގަންނަވާއިރު ޕެންޝަން ފައިސާގެ ގޮތުގައިވެސް ބޮޑު އަދަދެއްގެ ފައިސާ ލިބެ އެވެ.
ވަކިވުމަށް ފަހު އަލުން މަގާމަކަށް އަންނަނަމަ ޕެންޝަން ނުލިބޭ ގޮތް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ