އައްޑޫ ސިޓީގެ ހަންކެޑެ ޓޫރިޒަމަށް ތަރައްގީ ކުރުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި “އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް” ގެ ނަމުގައި ސަރުކާރުގެ ހާއްސަ ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު އަމާޒަކީ އިންޓެގްރޭޓެޑް ޓޫރިޒަމް މޮޑެލަކަށް ހަންކެޑެ ތަރައްގީކޮށް، އައްޑޫގެ ޓޫރިޒަމް ސިނާއަތް އިތުރަށް ފުޅާކުރުމެވެ.
މި ކުންފުނި އުފެއްދެވުމާއެކު، ހަންކެޑެ މަޝްރޫއުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ އިގުތިސާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށްގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ޓޫރިޒަމްގެ ސިނާއަތުން ލިބޭ މަންފާ މުޅި އައްޑޫ އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީ ވެސް މި ކުންފުނީގެ މުހިންމު މަގުސަދެކެވެ.
ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑޫގައި ޓޫރިޒަމް އެކަށީގެންވާ މިންވަރަކަށް ކުރިއަށް ނުދާތީ އާންމުންގެ ކަންބޮޑުވުން ވަރަށް ބޮޑެވެ. ކުރީގެ ސަރުކާރުތަކުން ވެސް ހަންކެޑެ ތަރައްގީ ކުރަން ތަފާތު ވައުދުތައް ވެފައިވީ ނަމަވެސް، އެ މަސައްކަތް މިހާތަނަށް އޮތީ އަމަލީ ގޮތުން ނުނިމިއެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް 2023 ވަނަ އަހަރު މި މަޝްރޫއު އިއުލާން ކުރި ނަމަވެސް ދައުރު ނިމުނުއިރު އަމަލީ މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.
ކުރީގެ އަމީރު އަވަހާރަވުމުގެ ރަސްމީ ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ގަތަރަށް ފުރާވަޑައިގެންފި ސިނގިރޭޓާއި ބިޑީގެ ޑިއުޓީ ހަތަރު ރުފިޔާއަށް ދަށްކުރާ ބިލް ތަސްދީގުކޮށްފި އިދާރާތަކުގެ އެކްސްޕޯއެއް އެމްއެމްއޭއިން ހުޅުމާލޭގައި ފަށައިފި މިއީ އަދި ޕޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ