މަކާރި ހީލަތް ހެދި މައްސަލައެއްގައި ހޯދާ އެކަކު އަމިއްލަ އަށް ފުލުސް އޮފީހަށް ހާޒިރުވެއްޖެ

ފުލުހުން ތަޙުޤީޤު ކުރަމުންދާ މަކަރާއި ހީލަތް ހެދުމާއި ފޯރޖް ކުރުމުގެ މައްސަލައަކާ ގުޅިގެން ހޯދަން ފުލުހުން މިއަދު އިއުލާންކުރި ދެމީހުންގެ ތެރެއިން ލ.ގަން، ތުނޑި، ހުދުވިލާގެ، އަޙްމަދު ޢަލީ އަމިއްލައަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވެއްޖެއެވެ.
މިމައްސަލައިގައި ފުލުހުން ހޯދަން އިއުލާން ކުރި ގދ.ވާދޫ، ލިލީގެ، މުޙައްމަދު ޞަބާޙު އަދި ފެނިފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
ވީމާ ޞަބާޙު އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިލައްވައެވެ.
މަކަރާއި ހީލަތް ހެދުމާއި ފޯރޖް ކުރުމުގެ މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުން ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ