ޑިޒްނީގެ ސްޓްރީމިން ސާވިސްގެ ތެރެއިން "ސްޓާ ވޯސް" އާއި "ހައި ސްކޫލް މިއުޒިކަލް" ގެ ސިލްސިލާއެއް ގެނެސް ދެނީ

ދެހާސް ނަވާރަ އަހަރުގެ ތެރޭގައި ސްޓްރީމިން ސާވިސް އަށް ނުކުންނަކަން އިއުލާންކޮށް، އޭގެ ތައްޔާރީތައް ވޯލްޓް ޑިޒްނީން މިހާރު އަންނަނީ ވަމުންނެވެ. ސްޓްރީމިން ސާވިސް އަށް ޑިޒްނީ ނުކުތުމާ އެކު، ނެޓްފްލިކްސް އަށް ވެދާނެ ގޮތަކާ ދޭތެރޭ ބަހުސްކުރާ ބަޔަކު ވެސް އެބަ ތިއްބެވެ.
ޑިޒްޒީގެ ޓާގެޓަކީ ބެލުންތެރިން ގަޔާވާ ކަހަލަ، މޮޅެތި އުފެއްދުންތައް އެހެން ސްޓްރީމިން ސާވިސްތަކަށް ވުރެ އަގު ހެޔޮކޮށް، ކަސްޓަމަރުންނާ ހަމަައަށް ފޯރުކޮށް ދިނުމެވެ. މި ޕްލޭންތަކުގެ ތެރެއިން ބައެއް ވާހަކަތައް ޑިޒްނީގެ ޗެއާމަން އަދި ސީއީއޯ ބޮބް އައިގާ މިހާރު ވަނީ ނޫސްވެރިންނާ ވެސް ހިއްސާކޮށްފަ އެވެ.
އޭނާ ބުނީ ސްޓްރީމިން ސާވިސްގެ ތެރެއިން "ސްޓާ ވޯސް" އާއި "ހައި ސްކޫލް މިއުޒިކަލް" ގެ ސީރީޒްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދޭނެ ކަމަށެވެ.
"ދެހާސް ނަވާރައިގައި އަހަރެމެން ސްޓްރީމިން ސާވިސް ލޯންޗް ކުރާ އިރު، އެ ދެ އުފެއްދުން ފެންނާނެ ކަމުގެ ޔަގީންކަން ދެން،" ބޮބް ބުންޏެވެ.
މީގެ ކުރިން "ސްޓާ ވޯސް" ގެ އެނިމޭޓެޑް ފަސް ވާޝަނެއް، ސިލްސިލާއެއްގެ ގޮތުގައި ގެނެސް ދީފައިވާ އިރު، ޑިޒްނީން މި ފަހަރު ގެނެސް ދޭނީ އޭގެ ލައިވް-އެކްޝަން ސީރީޒެކެވެ. މީތި ލިޔެ، ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ގައިު ރިލީޒް ކުރާ "ސްޓާ ވޯސް: ދަ ލާސްޓް ޖެޑާއީ" ގެ ޑައިރެކްޓަރު ރިއަން ޖޯންސަން އެވެ. ޑިޒްނީން މި ސިލްސިލާ ގެނެސް ދޭނީ ޓްރިލޮޖީއެއްގެ ގޮތުގަ އެވެ.
"ހައި ސްކޫލް މިއުޒިކަލް" ގެ ޓްރެއިލާއެއް.
"ސްޓާ" ވޯސް" އާއި "ހައި ސްކޫލް މިއުޒިކަލް" ގެ އިތުރުން 2001 ވަނަ އަހަރު ޕިކްޒާ އިން ގެނެސް ދިން އެނިމޭޓެޑް ފިލްމް "މޮންސްޓާ އިންކް" އަށް ބިނާކޮށް ވެސް ޝޯއެއް ހަދަން ވަނީ ނިންމައިފަ އެވެ.
ދެހާސް ހަ ވަނަ އަހަރު ޑިޒްނީން ޓީވީ ފިލްމެއްގެ ގޮތުގައި ގެނެސް ދިން "ހައި ސްކޫލް މިއުޒިކަލް" އަކީ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލްވި އުފެއްދުމެކެވެ. އަދި މިއީ މިހާރު ހޮލީވުޑްގައި އެންމެ ވިދާ އެކްޓަރުންގެ ތެރޭގައި ހިމޭ ޒެކް އެފްރޮން އާންމުންގެ ތެރޭގައި ވިދާލި ސަބަބު ވެސް މެ އެވެ.
ބޮބް ބުނީ ޑިިޒްނީން ސްޓްރީމިން ސާވިސްގެ ހިދުމަތް ދޭނެ އަގުތައް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ