މެމްބަރު މުހައްމާ ހައްޔަރުކޮށްފި

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ މުހައްމާ، މިރޭ ހައްޔަރުކޮށްފިއެވެ.
މުހައްމާ ހައްޔަރުކޮށްފައިވަނީ އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހަރުގެ ސަރަހައްދުގައި މިހާރު ކުރިއަށް ގެންދާ އިހްތިޖާޖުގެ ތެރެއިންނެވެ
ސްޕްރީމް ކޯޓުން މިމަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރު ތަންފީރު ކުރުމަށް ގޮވާލާ ކޮންމެ ރެއަކު ކުރިއަށް ގެންދާ އެއްވުން ތަކުގެ ތެރެއިން މިރޭ މުހައްމާ ހައްޔަރުކުރި އިރު މުހައްމާ ގެންދަވަނީ ކޮންމެ ރެއަކުވެސް އެއްވުން ތަކުގައި ބައިވެރިވެވަޑައި ގަންނަވަމުންނެވެ.
މުހައްމާ ހައްޔަރުކުރި ނަމަވެސް މިކަމާއި ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ