ހައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވަން ވަޑައިގެންނެވި މެމްބަރު މުބީންގެ މަންމާފުޅުގެ އާލާސްކަންފުޅު

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު މުބީންގެ މަންމަގެ ހާލުދެރަވެ، މައްކާ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފިއެވެ.ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދްރީސް ވިދާޅުވީ މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރައްވަން ވަޑައިގެންނެވި، މެމްބަރު މުބީންގެ މަންމަ ވަރަށް ބޮޑަށް ބަލިވެ އުޅޭކަމަށާއި މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުންދާކަމަށެވެ.ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުންދާކަމަށް މުބީންވެސް ވަނީ ކަށަވަރުކޮށްދެއްވާފައިއެވެ. މުބީން ވިދާޅުވީ މާދުރަށް ހިނގައިގަތުމުން ވަރުބަލިވުމާއި ދޭތެރެ ދޭތެރެއިން މެޔަށް ތަދުވުންފަދަ ކަންތައް މަންމައަށް ދިމާވަމުންދާކަމަށެވެ. އެހެންވެ މާލެއިންވެސް މަންމައަށް ފަރުވާދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މުބީން އިތުރަށް ވިދާޅުވީ މަންމައަށް މައްކާގެ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އޮޕަރޭޝަނެއްކުރަންޖެހިފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ