ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ސްކޫލް ޓްރެފިކް މޮނިޓަރސް ޕްރޮގްރާމެއް ފަށައިފި

ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ފުލުހުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓް ގުޅިގެން  ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ސްކޫލް ޓްރެފިކް މޮނިޓަރސް ޕްރޮގްރާމެއް ފަށައިފިއެވެ.
އެޕްރީލް 30ވަނަ ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިޓްރެއިނިންގ ޕްރޮގްރާމްގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 37 ދަރިވަރުން ބައިވެރިވެފައިވާއިރު، ބެލެނިވެރިންނަށް ޚާއްސަ ކްލާސްތަކެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ބެލެނިވެރިންނަށް ކުރިއަށް ގެންދާ ޕްރޮގްރާމްގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.
ދަރިވަރުންނަށް ކުރިއަށްގެންދާ ޕްރޮގްރާމްގައި، އެއްގަމު ދަތުރު ފަތުރުގެ ޤާނުނާއި ޤަވާއިދުތަކާއި، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ސެލްފް ޑިފެންސް ކްލާސްތަކާއި މަގުމަތީގައާއި، ޚާއްޞަކޮށް ސްކޫލް ސަރަޙައްދުގައި ޙަރަކާތްތެރިވާ ދަރިވަރުން ޢާންމުންނާ މުޢާމަލާތް ކުރުމާ ގުޅޭގޮތުންނާއި، ވާހަކަ ދެއްކުމުގެ ރީތި އަދަބުތަކާއި ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭ ކޮމިއުނިކޭޝަން ސްކިލްސްގެ ކްލާސްތައް މިޕްރޮގްރާމްގައި ހިމެނިފައި ވެއެވެ. އަދި މީގެއިތުރުން ދަރިވަރުންނަށް މަގުމަތީގައި ކުރިޔަށް ގެންދެވޭ ޕްރެކްޓިކަލް ސެޝަންތަކެއްވެސް ހިމެނެއެވެ.
ޓްރެފިކް މޮނިޓަރސް ޕްރޮގްރާމަކީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ސްކޫލު މަދަރުސާ ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ސްކޫލް މަދަރުސާގެ ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރި، ޓްރެފިކް މައްސަލަތައް ޙައްލުކުރުމުގެ ރޫހު އަށައިގަނެފައިވާ ދަރިވަރުންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ