ރައީސް މައުމޫން ވެސް ވަނީ ސަރުކާރުން ބާކީ ކޮށްލާފަ: މަޚްލޫފު

ރައީސް މައުމޫން ވެސް ޕީޕީއެމުން ބާކީ ކޮށްލާފައި ވާކަމަށާއި، ޕީޕީއެމުްގެ ސަރުކާރުން ކަންކަން ކުރަމުން ގެންދަނީ ގަދަ ބާރުން ބިރުދައްކައިގެން ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު މަޚްލޫފު ވިދާޅުވެއްޖެ އެވެ.ގަލޮޅު ދެކުނު ދާއިރާގެ ޕީޕީއެމްގެ މަޖިލިސް މެންބަރު ވިދާޅުވީ އޭނާ އެއްވެސް ޕާޓީ އަކަށް އަދި ސޮއިކޮށްފައި ނުވާ ކަމަށާއި، އެހެން ނަމަވެސް ޕީޕީއެމާއި މެދު ވަރަށް ފޫހިވެ ކަންބޮޑު ވެފައި ވާކަމަށެވެ.އެކަން އެހެންވީ ރައީސް ޔާމީން އެއްވެސް މީހެއްގެ ލަފައެއް މަޝްވަރާއެއް ނެތި ގަދަބާރުން ކަންކަން ކުރައްވަމުން ގެންދަވާތީ ކަމަށްވެސް މަޚްލޫފު ވިދާޅުވިއެވެ.މަޚްލޫފު ވިދާޅުވީ ޕީޕީއެމްގެ އެތެރޭގައިވެސް ކަން ހިނގަމުން ދަނީ އެ އުޞޫލުން ކަމަށާއި، މި ސަރުކާރަކީ ރައީސް މައުމޫނާއި ޔާމީން ގުޅިގެން ހިންގަވާ ސަރުކާރެއް ނޫން ކަމަށެވެ.ޕީޕީއެމްގެ ރައީސް ކަމުގައި މައުމޫން ހުންނެވި ނަމަވެސް މައުމޫންގެ ޚިޔާލުފުޅާއި ލަފާވެސް ރައީސް ޔާމީން ޤަބޫލުފުޅު ނުކުރައްވާ ކަމަށާއި، ރައީސް މައުމޫން ވެސް ހުންނެވީ ތަސްވީރުން ބޭރުގައި ކަމަށް މަޚްލޫފު ވިދާޅުވިއެވެ.މަހްލޫފް ވިދާޅުވީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ މިހާރު ޕާޓީގައި ނެތް ބޭފުޅެއް ކަމަށާއި ސަރުކާރުން ކުރާ ބައެއް ކަންކަމާ ދޭތެރޭ މައުމޫން ވެސް ހިތްހަމަޖެހިވަޑައިނުގެން، އެ ކަންކަން ރަނގަޅު ކުރައްވަން ރައީސް މައުމޫން މަސައްކަތް ކުރެއްވުމުން، އޭގެ ނަތީޖާ ފެންނަމުން ނުދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ