މެމްބަރު ސައުދު ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފި
ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފިއެވެ. "ސަން" އަށް އެނގިފައިވާގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ 8:30 އަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން ސައުދަށް ވަނީ އަންގާފައެވެ. މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ. ސައުދަކީ ޕީޕީއެމްގެ ޓިކެޓުގައި ވިލިނގިލި ދާއިރާ އަށް އިންތިޚާބުވެވަޑައިގެންނެވި މެމްބަރެކެވެ. މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހުގެ ރޭ ސައުދު ވަނީ ސަރުކާރަށް ކުރަމުން އައި ތާއީދު އަނބުރާ ގެނެސް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދު ކުރައްވަން ނިންމަވާފައެވެ. އިދިކޮޅު ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާ ސައުދު ވިދާޅުވެފައި ވަނީ އޭނާ ދެކެވަޑައިގަނަވާގޮތުގައި ޕީޕީއެމްގެ ރައީސް އަކީ އަދިވެސް ރައީސް މައުމޫން ކަމަށެވެ. މައުމޫނަކީ އެ ޕާޓީގެ އާންމު މެމްބަރުން ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނު "ރައީސްކަމުން ވަކިކުރީ ކަމަށް ވިދާޅުވަނީ ވަކި ފެކްޝަނަކުން" ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ