ރައްޔިތުންގެ މެދުގައި ހިނގާ މުވާސަލާތްތައް ލީކްވުމަކީ ރައްޔިތުން ހިމާޔަތްކުރުން ނޫން ކަމަށް ވިދާޅުވެ ސިފައިނަށް ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

14:30ބަޑި އާއި، ފިސްތޯލު ފަދަ ހަތިޔާރާއި ބާރު ގައުމީ ސަލާމަތީ ބާރުތަކަށް ދީފައި ވަނީ ޒިންމާދާރު ގޮތެއްގައި ގައުމާއި ޤާނޫނީ މުއައްސަސާތަކާއި، ރައްޔިތުން ހިމާޔަތްކުރުމަށް ކަމަށާއި ރައްޔިތުންގެ މެދުގައި ހިނގާ މުވާސަލާތްތައް ލީކުވެގެން ނިކުތުމަކީ ރައްޔިތުން ހިމާޔަތްކޮށްދިނުން ނޫން ކަމަށް ވިދާޅުވެ ސިފައިންގެ މުއައްސަސާ އަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްގެ މެދުގައި ދެކެވިފައިވާ ވާހަކަތަކެއްގެ އޯޑިއޯ ކްލިޕްތަކެއް ލީކުވުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު އޭނާއަށް ފާޑުކިޔާ، ހަގީގަތް އޮޅޭ ގޮތަށް އެކި އެކިއެކި ފާރްތަކުން ވާހަކަ ދައްކަމުންދާތީ، އޭނާ ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދިނުމުގެ މަގުސަދުގައި ރޭ ވީޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގަ އެވެ.ވީޓީވީ މެދުވެރިކުރައްވާ ނަޝީދު ދެއްވި ބަޔާނެއްގައި އޭނާ ވިދާޅުވެފައި ވަނީ، އެ އަޑުކޮޅުތައް ލީކުވުމުގެ ސަބަބުން ސިފައިންގެ މުއައްސަސާ އަށް އޮތް އިތުބާރު ގެއްލިގެން ގޮސްފައިވާ ކަމަށް. އަދި މިހާރު ހުރިހާ ރައްޔިތުންނަށް ވެސް އެ މީހުންގެ ފޯނުކޯލުތަކަކީ އަޑުއެހޭނެ އެއްޗެއްކަން އެނގިގެން ހިނގައްޖެ ކަމަށާއި އޭގެ ސަބަބުން ސިފައިންގެ މުއައްސަސާއަށް ފޯނު ކޯލުތައް އަޑުއެހުމުގެ ގާބިލުކަން ދިނުމުގެ މަގްސަދު ގެއްލިގެން ހިނގައްޖެ ކަމަށެވެ. އަދި ސިފައިންގެ މުއައައްސަސާއަށް އޮތް އިތުބާރު ގެއްލިގެން ގޮސްފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.ފޯނު ކޯލުތައް ލީކުކޮށްލުމުގެ ގާބިލުކަން ލިބިފައި ވަނީ ސަލާމަތީ ބާރުތަކަށް ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި ފޯނު ކޯލުތައް އަޑުއެހުމުގެ ގާބިލުކަން ލިބިފައިނުވާ ކަމަށް ފުލުހުންގެ މުއައްސަސާ އިން ބުނުމުން، މިކަމުގެ ފަހަތުގައިވާ ކަމުގެ އިޝާރާތް ކުރެވެނީ ސިފައިންގެ މުއައްސަސާއަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.ފޯންކޯލްތައް އަޑުއެހުމަށް އޮންނަ އުސޫލުގެ ދަށުން ގައުމަށް ގެއްލުންދޭ އުޅޭ ބައެއްގެ ވާހަކަތައް ސިފައިން އަޑުއެހި ނަމަވެސް، އެ ކަންތައް މީހުންނަށް ނޭނގި ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ސިފައިން ކުރައްވާ އެ ކަންތައްތައް ފަލީހަތްކޮށްގެން ނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ މޭޖާ އަބްދުއްރަހީމް މިއަދު ވިދާޅުވީ، މި ވާހަތަކަށް ރައްދު ދޭން ބޭނުން ނުވާ ކަމަށެވެ. އަދި ސިފައިންގެ މުއައްސަސާއަށް ރައްޔިތުންގެ ފޯނުކޯލުތައް އަޑުއެހުމުގެ ގާބިލުކަން ލިބިފައިވުމުގެ މާނައަކީ، އެ ފޯނުކޯލުތަކުގެ ރިކޯޑިންގްތައް ލީކުކޮށްލީ ސިފައިންނަށްވުން ނޫން ކަމަށެވެ. މީގެ އިތުރުން މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ މީހުންނަށް ވެސް ފޯނުކޯލުތައް ރިކޯޑުކުރުމުގެ ގާބިލުކަން ލިބިފައިވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.ނަޝީދާ ގުޅޭ ގޮތުން ލީކުކޮށްލާފައިވާ އަޑުކޮޅުތަކަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް އޭނާ ކުރެއްވި ކޯލުތަކެއް ރިކޯޑުކޮށް، މާނަ އޮޅޭ ގޮތަށް އެޑިޓްކުރުމަށްފަހު ލީކުކޮށްލައިގެން އުޅޭ އަޑުކޮޅުތަކެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.ފާއިތުވި ދުވަސްތަކަކީ އޭނާގެ ސިޔާސީ ހަޔާތުގައި މިހާތަނަށް އައި އެންމެ އުނދަގޫ ދުވަސްތައް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ