ގާސިމް ޖޭއެސްސީ އަށް ހަމަޖައްސަވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް، ރައީސް މުހައްމަދު ނަޝީދު މިއަދު ހަމަޖައްސަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީ އަށް ހޮވި މެމްބަރު ޖޭއެސްސީ އަށް ހަމަޖެއްސެވީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ބ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 3 ވަނަ މާއްދާގެ 5 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ގާސިމް ޖޭއެސްސީގެ މެމްބަރު ކަމަށް ހަމަޖެއްސެވި ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި އޮތެވެ.
މަޖިލީހުން ގާސިމް ޖޭއެސްސީ އަށް އިންތިޚާބުކުރީ އެ ކޮމިޝަންގައި ކުރިން ހުންނެވި މަޖިލިސް މެމްބަރު ޑރ. އަފްރާޝީމް އަލީގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ