މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖެގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެން ބ އަތޮލާ ދެމެދުގެ ސަރަހައްދުތަކަށެވެ.
ސަމާލު ނެރެފައި ވަނީ މިއަދުގެ ހަވީރު 15:30 އާ ހަމަ އަށެވެ.
ގަޑިއަކު 25 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލާފާކުރެވެއެވެ.
ވައިގަދަވުމުގެ ސަބަބުން ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ދަތުރަށް ނިކުންނައިރު މޫސުމާއިބެހޭ މަޢުލޫމާތު ފުރިހަމައަށް ހޯދައި ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ