"މިދަތުރު ކުރާ އޮޑީގައި ހުންނެވީ ކޮންމެ ކަނޑެއްގައިވެސް ދަތުރު ކުރެވޭނެ މާލިމީއެއް" - މެމްބަރު ރިފާޢު

މިއަދު ދިވެހިރާއްޖެ ދަތުރު ކުރަމުން މިދާ އޮޑީގައި މާލިމީއެއްގެ ގޮތުގައި ހުންނެވީ ކޮންމެ ކަނޑެއްގައިވެސް ދިވެހިން ގޮވައިގެން ދަތުރު ކުރެއްވޭ ވަރުގެ ބޭފުޅެއްކަމަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރ އަބްދުﷲ ރިފާޢު ވިދާޅުވެއްޖެއެވެ.
ރޭ ޕީޕއެމްއިން ހެންވޭރު އަދި މައްޗަންގޯޅީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރައީސް ޔާމީން ކެމްޕެއިން އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްވަމުން ރިފާޢު ވިދާޅުވީ ރައްޔިތުންގެ މަޖްލީހުގެ ތެރެއިން ޤައުމަށްޓަކައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއްކޮށް އެކަމެއް ކާމިޔާބު ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށާއި މިއަދު މި ދަތުރު ކުރަމުންދާ އޮޑީގެ މާލިމީއަކަށް ހުންނެވީ، ކޮންމެ ކަނޑެއްގައިވެސް ދަތުރު ކުރެވޭނެ ތަޖުރިބާ އާއި ޤާބިލްކަން ލިބި ހުންނެވި ބޭފުޅެއް ކަމަށެވެ. އެހެން ކަމުން ސިޔާސީ ބަޔަކު ޤައުމު ހަލަބޮލިކޮށްލަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެއްވެސް ވަރަކަށް ހާސްވެ ކަންބޮޑު ނުވާކަމަށް މެމްބަރު ވިދާޅުވިއެވެ.
އަދި ވިދާޅުވީ އަބަދުވެސް އިތުބާރު ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށާއި އެގޮތުން ފާއިތުވި ހަތަރު އަހަރާއިއެކު ފަސްވަނަ އަހަރު އެމަނިކުފާނުގެ ޒަޢާމަތުގައި ގުނަމުންދާއިރު މިއަހަރުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެއް ލަކިން ރައީސް ޔާމީން އަށް އިންތިޚާބު ކާމިޔާބުކޮށް ދެއްވާނެ ކަމަށެވެ.
މީގެއިތުރުން މިކުރާ ހުރިހާ ކަމެއްގައި އެންމެ ބޮޑަށް ހިތްވަރު ލިބިގަންނަނީ ދިވެހި ރައްޔިތުންގެ ކިބައިން ކަމަށާއި ޚާއްޞަކޮށް ދިވެހި ޒުވާނުންގެ ކިބައިން ކަމަށް ވެސް ރިފާއު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ