ހދ.އަތޮޅުން ކިނބުލެއް ފެނުމާ ގުޅިގެން ރައްޔިތުން ސަމާލުވުމަށް އަންގައިފި

ހދ. އަތޮޅު ހަނިމަދޫ އަދި ނޮޅިވަރަމް ކައިރިން، ކިނބުލެއް ފެނުމާއި ގުޅިގެން ރައްޔިތުން ސަމާލުވުމަށް، އެއަތޮޅު ނޮޅިވަރަމްފަރު ކައުންސިލުން އަންގައިފިއެވެ.
އެރަށު ކައުންސިލުން  ބުނީ، އެ ކިނބޫ ފެނިފައިވަނީ އިއްޔެ ހަވީރު ވަދާ ނިކުމެ އުޅުނު ބަޔަކަށް ކަމަށެވެ. އެ ކިނބުލަކީ ގާތްގަނޑަކަށް އަށް ފޫޓުގެ ކިނބުލެއް ކަމަށް ދޯނީގެ މީހުން ބުނި ކަމަށްވެސް ކައުންސިލް ބުންޏެވެ.
ކިނބުލެއް ފެނުމުން އެކަން ފުލުހުންނަށް އަންގާފައިވާނެ ކަމަށާއި، ނަމަވެސް ފުލުހުންނަށް ވެސް އަދި އެ ކިނބޫ ފެނިފައިނުވާ ކަމަށް ކައުންސިލް ބުންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދަކަށް މި ދުވަސްވަރު ކިނބޫ ފެންނަމުންދާއިރު، އޭގެއިން ގިނަ ކިނބޫ މިހާތަނަށް ހިފިފައެއް ނުވެ އެވެ.
ނަމަވެސް މިދިޔަ މަހު ކަލައިދޫން ފެނުނު ކިނބުލެއް، އެރަށު ރައްޔިތުން ވަނީ ހިފާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ