މޫނު ނިވާކޮށްގެންތިބި ބަޔަކު ވެސްޓަރން ޔޫނިއަން އޮފީހަށްވަދެ ވަޅިން ބިރު ދައްކައި ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފި އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
މި ހާދިސާއާއި ބެހޭގޮތުން ފުލުހުން ބުނީ މިރޭ 00:45 ހާއިރު މޫނު ނިވާކޮށްގެން ތިބި ބަޔަކު ވެސްޓަރން ޔޫނިއަން އޮފީސް ތެރެއަށްވަދެ ވަޅިން ބިރު ދައްކައި، ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައިވާކަމަށެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ފުލުހުން ދަނީ އެތަނުގައި ހަރަކާތްތެރިވަމުން ކަމަށާއި އަދި ފޭރިގެން ދިޔައީ ކިހާ އަދަދެއްގެ ފައިސާކަން އަދި ނޭނގޭ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ތަފްސީލް އަންނަނީ ..
މޫނު ނިވާކޮށްގެން ތިބި ބަޔަކު ވެސްޓަރން ޔޫނިއަންއަށް ވަދެ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ