އެންމެ ފުރަތަމަ ދަންނަވައިމިލަނީ މާލެއާއި ހުޅުމާލޭގެ ސަޙަރާ މިސްކިތުން ބައެއް ފަހަރު ފެންނަ ކަމެކެވެ. ވަޅުލަން މައްޔިތާގެ ސަންދޯއް ގެންދެވުމުން ފަހަތުން އަންހެނުންނަށް ނުދެވޭތީ ތިބެނީ ދުރުގައެވެ. މިހެން ތިބޭއިރު ކުރިމަތިވެގެން މިއުޅޭ ހިތާމައާއި ނުގުޅޭ ވާހަކަތައް ދައްކައެވެ. ވާހަކަ ދައްކާނީވެސް އެހައިމެ ބާރަށެވެ. ބައެއް ފަހަރު ހީނ ހަދާތަންވެސް ހަދާތަންވެސް ފެއެވެ. ހީވާނީ އެމީހާ މަރުވެގެން އުފާ ފައުޅުކުރާ ހެންނެވެ. ނުނީ އެކަމާއި ކަންބޮޑުވުމެއް ނެތްހެންނެވެ.
މިފަދަ ގޮތަކަށް ތިއްބައި ވަޅުލަން ދިއަ ފިރިހެނުން އެނބުރި އައިސް އަންހެންވެރިންނާއި ބައްދަލުވާ ވަޤުތު މިއުޅެނީ ބޮޑު ހިތާމައެއް ކުރިމަތިވެގެން ަކމެއް އިޙްޞާޞްވެސް ނުކުރެވެއެވެ. އެހެންވެ ނަޞީޙަތުގެ ގޮތުން ބުނެލަމެވެ.
އަންހެނުންނަށް ޤަބުރުސްތާނަށް ނުވަދެވުމަކީ ދުޢާކުރުން ނޫން އިތުރު އެއްވެސް ކަމެއް ކުރަން އޮތް ސަބަބެއް ނޫނެވެ. މައްޔިތާ ވަޅުލުމުން މަލާއިކަތުން ވަޑައިގެން ސުވާލުކުރެއްވެވުމުގެ ކަންކަން އެތައް ގަޑިއިރަކަށް ކުރިއަށްދާނެ ކަމަށް ބައެއް ޢިލްމްވެރިން ބަޔާންކުރައްވަވައެވެ. ވީމާ ދުރުގައި ތިބެގެންވެސް އަދި ގެއަށްގޮސްވެސް ތިބެންވީ މައްޔިތާއަށް ފާފަފުއްސަވައި ދެއްވަވައި ޘާބިތުކަން ދެއްވެވުން އެދިގެން ދުޢާކުރުންމަތީގައެވެ.
މިފާހަގަކުރީ ފިރިހެނުންވެސް އަދި އަންހެނުންވެސް ސަމާލުކަން ދިނުމަށް ޢިލްމްވެރިން ވަރަށް ގިނައިން ނަޞޭޙަތްތެރިވެލައްވާ ކަންކަމެވެ. ބައެއް ޝައިޚުން ކަށުނަމާދުގެ ކުރިންވެސް އަދި ވަޅުލުމުގެ ވަޤުތުގައިވެސް މިމޭރުމުން ނަޞޭޙަތްތެރިވެލައްވައެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
މައްޔިތާގެ މައްޗަށް ހެޔޮދުޢާކުރުން އެންމެ މުހިންމު ވަގުތަކީ ވަޅުލައި ނިމޭ ވަގުތެވެ. ވީމާ އެވަޤުތުގައި ކުރަން އޮތްކަމަކީ މައްޔިތާގެ މައްޗަށް ހެޔޮ ދުޢާކުރުމެވެ. އަދި ވިސްނާލަންވި ކަމަކީ ޤަބުރުސްތާނަށް އަނހެނުންނަށް ނުވަދެވޭތީ ދުރުގައި ތިބިނަމަވެސް އެވަޤުތުގައި މައްޗަށް ދުޢާކުރަން ސަމށާލުކަންދޭންޖެހޭނެ ކަމެވެ.
ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަބޫ ދާވޫދު ރިވާކުރައްވާފައިވާ ޙަދިޘްފުޅެއްގައިވެއެވެ.
ވަޅުލާ ނިމުމަށްފަހު އެތަނުގައި ހުއްޓިވަޑައިގެން ހުންނަވައި އިތުރު އެކަލޭގެފާނު ﷺ ޙަދީޘްކުރެއްވެވިއެވެ.
« اسْتَغْفِرُوا لأَخِيكُمْ وَسَلُوا لَهُ التَّثْبِيتَ فَإِنَّهُ الآنَ يُسْأَلُ » [رواه أبو داود]
މާނައީ:
"ތިޔަބައިމީހުންގެ އަޚާއަށް ފާފަފުއްސެވުމަށް އެދި ދަންނަވާށެވެ. އަދި އޭނާއަށް ޘާބިތުކަން ދެއްވުމަށް އެދިވެސްމެއެވެ. އެހެނީ ހަމަކަށަވަރުން އޭނާއާ މިހާރު ސުވާލުވެވޭނެއެވެ."
އެވަގުތަކީ ދުޢާކުރުން އެންމެ މުހިންމު ވަގުތުކަމުގައިވެގެންދަނީ މައްޔިތާގެ ކައްވަޅުގެ ޙަޔާތް ނުވަތަ ބަރުޒަޚުގެ ޢާލަމް އޭނާއަށް ހެޔޮތަނަކަށްވެގެންދާނީ ވަޅުލުމުން ކުރެވޭ 3 ސުވާލަށް ރަނގަޅު ޖަވާބުދެވިއްޖެކަމުގައިވާނަމަ ކަމުގައިވާތީއެވެ. ރަނގަޅު ޖަވާބު ނުދެވިއްޖެނަމަ އޭނާގެ ކައްވަޅު އޭނާއަށް ވާނީ ނަރަކައިގެ ވަޅުގަނޑަކަށެވެ. ރަނގަޅު ޖަވާބުދެވިއްޖެނަމަ ވާނީ ސުވަރުގޭގެ ބަގީޗާއަކަށެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ޤަބުރުސްތާނަށް އަންހެނުންނަށް ނުވަދެވި ދުރުގަ ތިބެން ޖެހުމަކީ ބޭކާރު ވާހަކަތައް ދައްކައި ހީނ މަޖާކޮށް އަޑުގަދަކުރަން އޮތް ސަބަބެއް ނޫން! އޮތީ މައްޔިތާއަށްޓަކާ ހެޔޮދުޢާކުރުންމަތީގަ ތިބުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ