ކްރިކެޓުން އެކި ފަރާތްތަކުގެ އަގުވަޒަންކުރުމަށް ހަވީރެއް ބާއްވަނީ ކްރިކެޓުން އެކި ފަރާތްތަކުގެ އަގުވަޒަންކުރުމަށް ހަވީރެއް ބާއްވަނީ

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ފަރާތުން ރާއްޖޭގެ ކްރިކެޓް ކުޅުންތެރިންނާއި ޕާޓްނަރުން އަދި އެކި ހިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން ހަވީރެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.
ސީބީއެމް އިން މިރޭ ބޭއްވުމަށް ތާވަލުކޮށްފައިވާ މި ހަވީރުގެ މައިގަނޑު މަގުސަދަކީ، ވޭތުވެދިޔަ އަހަރުތަކުގައި ކްރިކެޓް ބޯޑަށް އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކާއި ޕާޓްނަރުންގެ އަގުވަޒަންކުރުމުގެ އިތުރުން، ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިންގެ ކުޅުން ފާހަގަކޮށް ވަނަ ވަނަ އަށް އައި ކުޅުންތެރިންނަށް އެވޯޑް ދިނުމެވެ.
އެ ގޮތުން، ކްރިކެޓް ބޯޑަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ޕާޓްނަރުންނަށް ފިލާ ހަވާލުކުރުމަށް ހަމަޖެހިފައިވާއިރު، އެކި އެކި ދާއިރާތަކުން ކްރިކެޓަށް ހިދުމަތް ކުރުމުގެ އިނާމު ދިނުމާއި ކްރިކެޓުން ދޭ ޖޫނިއާ އަދި ޔޫތު އެވޯޑްތައް ދިނުން މި ހަވީރުގައި ހިމެނެ އެވެ.
ސީނިއާ ކެޓަގަރީ އަށް ބަލާއިރު، އިންޑިވިޖުއަލް އެކި ރޯލުތަކަށް އެންމެ މޮޅު ކުޅުންތެރިންނަށް އެވޯޑް ދިނުމާއި އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ އަށް އެވޯޑް ދިނުމުގެ އިތުރުން، އެންމެ މޮޅު ކްލަބް ހޮވުމާއި ކްރިކެޓާ އޮފް ދި އިޔާގެ އެވޯޑް ދިނުން ހިމެނެ އެވެ.
އެ ގޮތުން، ސީނިއާ ކެޓަގަރީގެ ބައެއް އެވޯޑްތައް 2022، 2023 އަދި 2024 ވަަނަ އަހަރު ހޯދާފައިވާ އެތުލީޓުން ވެސް ހޮވާނެ އެވެ.
ކްރިކެޓް ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި، މިރޭ 21:45 ގަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ