ސީއެސްސީގެ މެމްބަރުގެ މަގާމަށް ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟- ސީއެސްސީގެ މެމްބަރުގެ މަގާމަށް މި ހުޅުވާލީ، އެތަނުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު އިއްޔެ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރަޝީދު އިސްތިއުފާ ދެއްވީ، އޭނާ ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފެށުމާ އެކު އެވެ.
ތަފްސީލު- ރައީސް އޮފީހުން ބުނިގޮތުގައި:
އެ ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައި
މެމްބަރު ކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ، އެ އޮފީހުން ކަމަށް
ރަޝީދު މަގާމުން ވަކި ކުރުމުގެ މަސައްކަތް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ފަށަން ނިންމި އިރު ވެސް، އޭނާގެ މައްޗަށް ކުރާ ތުހުމަތެއް ހާމަކޮށްފައެއް ނުވެ އެވެ.
ރަޝީދު މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ސަރުކާރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ