ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އިންޑިޔާ ސަރުކާރަށް ޝުކުރު ދަންނަވާ ތައުރީފް ކުރައްވައިފިއެވެ.
އެބޭފުޅާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެންޑީއެފްއާއި ފުލުހުން މި ދަނޑިވަޅުގައި ގައުމަށް ކުރައްވާ މަސައްކަތަށް ސެލިއުޓް ކުރައްވާ ކަމަށެވެ.
އަދި އިންޑިޔާ ލޮކްޑައުންގެ ހާލަތެއްގައި އޮއްވާ އިންޑިޔާގެ ސަރުކާރާއި އެގައުމުގެ ވައިގެ ސިފައިންގެ ފަރާތުން ރާއްޖެއަށް ބޭސްތައް ގެނެސްދިނުމަށްޓަކައި ކުރި މަސައްކަތަށް ސެލިއުޓް ނަންގަވާާކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އާދަމް ޝަރީފްގެ މި ޓްވީޓާއި ގުޅިގެން އިިދިކޮޅުގެ ބައެއް ފަރާތްތަކުން ދަނީ އެބޭފުޅާއަށް ފާޑުކިޔަމުންނެވެ.
އިންޑިއާއިން މިއަދު ގެނެސްފައިވާ ބޭހަކީ އެސްޓީއޯއިން ގަނެގެން ގެނެސްފައިވާ ތަކެއްޗެވެ. ލޮކްޑައުންގެ ސަބަބުން އިންޑިއާގެ އިޤްތިސާދަށް ބަލައި އެ ޤައުމުގެ އެކްސްޕޯޓު ކުރާތަކެއްޗައް ބޮޑު މަޑުޖެހުމެއްގެނަންން ނިންމާފައި ނުވާކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އާދަމް ޝަރީފް އުމަރު އިންޑިޔާއަށް ތައުރީފްކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ