ށ. ނަރުދޫއަށް އަލުން ކަރަންޓުގެ ހިދުމަތް ދިނުމަށް އެއަތޮޅު ފޭދޫއިން ޖަނަރޭޓަރެއް ގެނައުމުގެ މަސއްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ށ. ފޭދޫ އިން 128 ކިލޯވޮޓްގެ ޖަނަރޭޓަރެއް ނަރުދޫއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ށ. އަތޮޅުގެ ރީޖަނަލް އޮފީހުގެ ޓެކްނިކަލް ޓީމެއް ނަރުދޫގައި ހަރަކާތްތެރިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
މިއަދު މެންދުރު 12:00 ޖަހާކަށް ހާއިރު ނަރުދޫގެ އިންޖީނުގޭގައި ރޯވެ، މުޅި ރަށުން ކަރަންޓު ކެނޑި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
އިންޖީނުގޭގައި ރޯވީ ކަރަންޓް ދިނުމަށް ބޭނުން ކުރަމުން އައި 80 ކިލޯގެ ޖަނަރޭޓަރުގައި ބާރުގަދަ އަޑެއް ގޮވުމަށް ފަހުގަ އެވެ. އިންޖީނުގޭގައި ބޭނުންކުރަމުުން އައި 50 ކިލޯވޮޓްގެ ދެވަނަ ޖަނަރޭޓަރު ވެސް މ ހާދިސާގައި އެއްކޮށް ހަލާކުވެފައިވާ ކަމަށް ފެނަކަ އިން ބުނެއެވެ.
ފެނަކައިން ބުނީ މިއަދު އިރުއޮއްސުމުގެ ކުރިން ނަރުދޫއަށް ކަރަންޓު ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރަށް ފެނަކައިން ބުނީ މިހާދިސާ ހިނގައިދިޔަގޮތް އިތުރަށް ތަހްގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. ފެނަކައިންވެސް އެހާދިސާ ތަހްގީގު ކުރަމުންދާ ކަމަށް ބުނެއެވެ.
އިރުއޮއްސުމުގެ ކުރިން ނަރުދޫއަށް ކަރަންޓް ދެވޭތޯ ފެކަނައިން މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ