ބައެއް މީހުންނަށް ދަނޑަށް ނުވަދެވުމުން މިނިސްޓަރު އުމަރު މައާފަށް އެދިވަޑައިގެންފި

މިހާރު ގަލޮޅު ދަނޑުގައި ކުރިއަށް ދާ، މިނިވަން ރަން ޔޫބީލްގެ ހެވިކަމާއި ކުޅިވަރުތައް ބެލުމަށް ފާސް ދޫކުރި ބައެއް މީހުންނަށް ދަނޑަށް ނުވަދެވުމުން އެކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މައާފަށް އެދިވަޑައިގެންފި އެވެ.މިނިސްޓަރު އުމަރު މައާފަށް އެދިވަޑައިގަތީ މިރޭ ގަލޮޅު ދަނޑުގައި އިންނަވާފައި ކުރެއްވި ޓުވީޓެއްގަ އެވެ.My apologies for not being able to grant access to all. Stadium is full and no space inside.— Umar Naseer (@UmarNaseerPPM) July 31, 2015
މިނިސްޓަރު އުމަރުގެ ޓުވީޓްމިރޭގެ ކުޅިވަރުތައް ބެލުމަށް ދަނޑަށް ވަނުމަށްޓަކައި، އަށެއް ވެސް ނުޖަހަނީސް މީހުން ވަނީ ގަލޮޅު
ދަނޑުގެ ވަށައިގެން ކިޔޫ ޖެހިފަ އެވެ. ނަމަވެސް މީހުން ވައްދަމުން ގޮސް،
ދަނޑު ފުރިއްޖެ ކަމަށް ބުނެ ވަކި ހިސާބަކުން ގޭޓުތައް ބަނދުކޮށް މީހުން
ވެއްދުން މެދުކަނޑާލި އެވެ.ދަނޑަށް މީހުން ވެއްދުން މެދުކަނޑާލުމާ
ގުޅިގެން، ސަލާމަތީ ކަންތައް ބަލަހައްޓަން ތިބި ފުލުހުންނާއި ފާސް
ހިފައިގެން ދަނޑަށް ވަންނަން ދިޔަ މީހުންނާ ދެމެދު ކޮންމެވެސް ވަރަށް
ޒުވާބު ހިނގައި ހަމަނުޖެހުން ވެސް އުފެދުނެވެ.ފާސް ހިފައިގެން ދަނޑަށް ދިޔަ ބައެް މީހުން ދަނޑަށް ނުވެއްދުމުން ގަލޮޅު ދަނޑު ކައިރީގައި ތިބެ ހިތްހަމަނުޖެހުން ފާޅުކުރާ އިރު، ފުލުހުންނާއި ސިފައިން އެ ސަރަހައްދު ބަލަހައްޓަނީ. --ހަވީރު ފޮޓޯ މުއިއްޒު އިބްރާހީމް މައްސަލަ ހޫނުވުމާ
ގުޅިގެން 9:50 ވަނިކޮށް އަލުން މީހުން ދަނޑަށް ވައްދަން ފެށި އެވެ. އޭރު
ވެސް އޮލިމްޕަސް ކައިރީ ގޭޓު ދޮށުގަ އާއި ދަނޑުގެ ހުޅަނދު ދެކުނު ގޭޓު ދޮށުގައި ގިނަ އަދަދެއްގެ މީހުން ތިއްބެވެ.މީހުން ވައްދަން
ފެށުމަށް ފަހު އަނެއްކާ ވެސް ދަނޑު ފުރިއްޖެ ކަމަށް ބުނެ މީހުން ވެއްދުން
ވަނީ މެދުކަނޑާލައިފަ އެވެ. ފާސް ހިފައިގެން ދިޔުމުން ވެސް ދަނޑަށް
ނުވަދެވުމުން ބައެއް މީހުން ވަނީ ކުޑަކުދިންތައް ގޮވައިގެން އެނބުރި ގެއަށް
ގޮސްފަ އެވެ. އޭގެ ތެރޭގައި އައިޓަމްތަކުގައި ބައިވެރިވާ ބައެއް ކުދިންގެ
އާއިލީ މެންބަރުން ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ