ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންތް ކުރެވޭ ގޮތް ހަދާ އެކަމަށް ޚާއްސަ ޤާނޫނެއް މިވަނީ އެކުލަވާލާފައެވެ. މި ޤާނުގައި ވަނީ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ޝަރުތަކާއި އެކަން ކުރުމަށް ލައިސަން ނެގުމުގެ އިޔުރުން ނާޖާއިޒް ފައިދާ ނަގައިފިނަމަ ދޭނެ އަދަބާގުޅޭ ތަފްޞީލްތައް ހިމަނާފައެވެ. މި ޤާނޫނުގެ ދަށުން ހުއްދަ ކުރަނީ ލައިވް- ޑޯނަރ އޯގަން ޓްރާންސްޕްލާންޓްކުރުމަށެވެ. އަދި ދިވެހިރާއްޖޭގައި ޑިސީސްޑް-ޑޯނަރ އޯގަން ޓްރާންސްޕްލާންޓްކުރުން މި ޤާނޫނުގެ ދަށުން ހުއްދަ ނުކުރެއެވެ.
ލައިވް- ޑޯނަރ އޯގަން ޓްރާންސްޕްލާންޓް"އަކީ ދިރިހުރި މީހަކު އެމީހެއްގެ ހަށިގަނޑުން ގުނަވަން ނަގައި ހަދިޔާކުރުމަށް ރުހުން ދިނުމުން އެމީހަކު ޞިއްޙަތު ސަލާމަތުން ދިރިހުރި ޙާލަތުގައި އެ ގުނަވަން ނަގައ،ި ޓްރާންސްޕްލާންޓްކުރުމެވެ. އަދި ޑިސީސްޑް-ޑޯނަރ އޯގަން ޓްރާންސްޕްލާންޓް"އަކީ ދިރިހުރި މީހަކު އެމީހެއްގެ ހަށިގަނޑުން ގުނަވަން ނަގައި ހަދިޔާކުރުމަށް ރުހުން ދިނުމުން އެމީހަކު މަރުވުމަށްފަހުގައި އެ ގުނަވަން ނަގައ،ި ޓްރާންސްޕްލާންޓްކުރުމެވެ.
މި ޤާނޫނުގެ ދަށުން ޓްރާންސްޕްލާންޓް ކުރެވޭނީ އެއްވަތަރުގެ 2 ގުނަވަން ހުންނަ ގުނަވަނެވެ. އަދި ގުނަވަނުން ބައެއް ނެގިނަމަވެސް ރީޖަނަރޭޓް ގުނަވަންތައް ޓްރާންސްޕްލާންޓް ކުރެވޭނެއެވެ. ނަމަވެސް މީހެއްގެ އޯވަރީއެއް ނުވަތަ ޓެސްޓިކަލްއެއް ޓްރާންސްޕްލާންޓެއް ނުކުރެވޭނެއެވެ.
ގުނަވަން ހަދިޔާ ކުރާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ދިވެއްސަކަށް ވުމާއި އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހެއެވެ. އަދި ގުނަވަން ހަދިޔާ ކުރުމުގެ ނަތީޖާއާއި އެކަމުގެ މެޑިކަލް ރިސްކުތަކާބެހޭ މަޢުލޫމާތު އެނގި އަމިއްލަ އިޚްތިޔާރުގައި އެކަމަށް ރުހިގެން ގުނަވަން ހަދިޔާ ކުރާ މީހަކަށް ވާންޖެހެއެވެ. މީގެ އިތުރުން ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ނުވުމާއި ކުށުގެ ތުހުމަތުގައި ނުވަތަ ޝަރުޢީ ޙުކުމެއް ތަންފީޛްކުރަމުންދާ މީހަކަށްވެގެން ނުވާނެކަމަށް ޤާނޫނުގައިވެއެވެ.
މި ޤާނޫނުގެ ދަށުން ގުނަވަން ޓްރާންސްޕްލާންޓްކުރުމުގައި އިސްކަންދޭންވާނ،ީ ޢާއިލީ ގުޅުމެއް އޮތް ދެފަރާތެއްގެ ދެމެދުގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމަށެވެ. ޤާނޫނުގައި ވަނީ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ މަންފާއެއް ލިބިގަތުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި ގުނަވަން ޓްރާންސްޕްލާންޓްކުރުމުގައި މާލީ މަންފާއެއް ލިބިގަތުމުގެ ނުވަތަ އެފަދަ މަންފާއެއް ދިނުމުގެ ޢަމަލެއް ކުރުމަކީ ގުނަވަނުގެ ވިޔަފާރިކުރުމުގެ ޢަމަލެއް ކަމުގައި ބަލާ އެކަމަށް ބޮޑެތި ޢަދަބުތަކެއް ކަނޑައަޅާފައިވެއެވެ.
މީހެއްގެ ރުހުމާ ނުލައ،ި ޓްރާންސްޕްލާންޓްކުރުމަށްޓަކައި އެމީހެއްގެ ހަށިގަނޑުން ގުނަވަނެއް ނުވަތަ ގުނަވަނުން ބައެއް ނެގުމަކީ ނުވަތަ
އެފަދައިން ނަގާ ގުނަވަނެއް ނުވަތަ ގުނަވަނުން ބައެއް ޓްރާންސްޕްލާންޓްކުރުމަކީ ނުވަތަ އެނޫންވެސް ގޮތަކަށް ޤާނޫނާ
ޚިލާފަށް ޓްރާންސްޕްލާންޓްކުރުމަކީ ކުށެކެވެ. މިފަދަ ކުށްކުރާ ފަރާތްތަކަށް ޤާނޫނުގައި ވަނީ 150،000 ރުފިޔާއާއި 250،000 ދެމެދުގެ އަަގަގުން ޖޫރިމަނާކުރުުމަށް ކަނޑައަޅާފައެވެ. އަދި 12 މަސްދުވަހާއި 18 މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުން އެފަދަ ކުށެއް ކުރީ ސިއްޙީ ޚިދުމަތް ދޭ މަރުކަޒަކުންނަމަ އެ މަރުކަޒެއް 750،000 ރުފިޔާއާއި 1.5 މިލިޔަން ރުފިޔާއާ ދެމެދުގެ އަގަކުން ޖޫރިމަނާކުރުމަށް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ. ޤާނޫނުގައި ވަނީ އެފަދަ ކުށެއް ކުރުމަށް އެހީތެރިވާ މީހުންނަށްވެސް އަދަބު ކަނޑައަޅާފައެވެ. އެފަދަ ކުށެއްގައި ބައިވެރިވާ މީހާގެ އަދަބަކީ 75000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ކަނޑައަޅާފައެވެ.
ރުހުން ނެތި ގުނަވަން ނެގުމާއި ޤާނޫނާ ޚިލާފަށް ޓްރާންސްޕްލާންޓްކުރުމުގަައި އެހީތެރިވީ ސިއްޙީ ޚިދުމަތްތެރިއެއްނަމަ އެމީހަކު 250،000 އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ކޫރިމަނާކުރާނެއެވެ. އަދި އެފަދަ ކަމެއް ކުރީ ސިއްޙީ ޚިދުމަތް ދޭ ތަނަކުންނަމަ 500,000 ރުފިޔާއާއި 750,000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެކަމަށް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ. ޤާނޫނުގައި ވަނީ ޓްރާންސްޕްލާންޓްކުރުމަށްޓަކައި މީހެއްގެ ގުނަވަނެއް ނުވަތަގުނަވަނެއްގެ ބައެއް ވިއްކުން ނުވަތަ ގަނެފިނަމަ އެއީވެސް ކުށެއްކަމަށް ކަނޑައަާފައެވެ. އެފަދަ ކަމެއް ކޮށްފި މީހަކު 75000 ރުފިޔާއާއި 150،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި އެމީހަކު 6 މަސްދުވަހާއި 12 މަސްދުވަހާ ދެމެދުގެމުއްދަތަކަށް ޖަލަށްލަށް ލެވޭނެއެެވެ.
މީގެ އިތުރުން ގުނަވަން ވިއްކުމާއި ގަތުމުގައި އެހީތެރިވީ ސިއްހީ ޚިދުމަތްތެރިއަކުނަމަ އެމީހަކު 100،000 ރުފިޔާއާއި 250،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިތުރުން 12 މަސްދުވަހާއި 18 މަސްދުވާހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ުމަށް ޤާނޫނުގައި ބަޔާންކުރެއެވެ. އަދި އެފަދަ ކަމެއް ކުރީ ސިއްޙީ ޚިދުމަތް ދޭ މަރުކަޒަކުންނަމަ އެތަނެއް 250،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަަދަކުން ޖޫރިމަނާކުރާނެއެވެ. އަދި މިފަދަ ކުށްެއް ކޮށްފި މީހެއްނަމަ 75000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިތުރުން 1 މަސްދުވަހާއި 3 މަސްދުވަހާ ދެމެދުގެ މުއްދތަކަށް ޖަލަށް ލާނެއެވެ.
ޓްރާންސްޕްލާންޓްކުރުމަށްޓަކައި މީހެއްގެ ގުނަވަނެއް ނުވަތަގުނަވަނެއްގެ ބައެއް ވިއްކުމަށް ނުވަތަ ގަތުމަށް ހުށަހަޅައިފިނަމަ އެމީހަކު 50،000 ރުފިޔާއާއި 75000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޛުރިމަނާ ކުރުމުގެ އިތުރުން 15 ދުވަހާއި 1 މަސްދުވަހުގެ މުއްދަތަކަށް ޖަލަށް ލާނެއެވެ. އަދި މި ނޫނަސް މިފަދަ ވިޔަފާއިއެއް ކުރާ ފަރާތްތަކުގެ އަދަބެއްގެ ގޮތުގައި 50،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ކޫރިމަނާ ކުރެވޭނެކަމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
ޓްރާންސްޕްލާންޓްކުރުމުގެ ޚިދުމަތް ދިނުމުގެ ހުއްދަނެތި ނުވަތަ ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވެފައިވަނިކޮށ،ް އެ ހުއްދަ
އާނުކޮށް ޚިދުމަތް ދީފިނަމަ ސިއްޙީ ޚިދުމަތްދޭ މަރުކަޒެއް 2 މިލިޔަން ރުފިޔާއައި 3 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެއެވެ. އަދި ސައްޙަ ނޫން މަޢުލޫމާތު ހުށަހަޅައިފިނަމަ އެފަދަ މަރުކަޒުތައް 1 މިލިޔަން ރުފިޔާއާއި 2 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
ރުހުން ނެތި ގުނަވަން ނެގުމާއި ވިޔަފާރިކޮށްފިނަމަ ބޮޑެތި އަދަބުތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ