ބޫޓު ތެރޭ ޑްރަގް ފޮރުވައިގެން ގެނައި މީހާ ބުނީ އެއީ އިންޑިއާގައި ހުއްދަ އެއްޗެއް ކަމަށް

ރާއްޖެއަށް އައި އިރު ބޫޓެއްގެ ތެރޭގައި މަސްތުވާތަކެތި އެތެރެކުރި މީހާއަށް އެއީ ރާއްޖޭގައި މަނާ ބާވަތެއްކަން ނޭނގޭ ކަމަށާއި ގެނައީ އިންޑިއާގައި ހުއްދަ އެއްޗެއް ކަމަށް ބުނެފި އެވެ.
ސޫރަޖް ކަރުވާރު، 30، މިދިޔަ މޭ މަހު ހައްޔަރުކުރީ އޭނާގެ ލަގެޖް ބަލައި ފާސްކުރި އިރު އޭގެ ތެރެއިން ނެގި ކޮތަޅެއްގައި އޮތް ދެ ޓެނިސް ބޫޓު ކިބައިގެ ތެރޭގައި މަސްތުވާތަކެތި ހުރުމުންނެވެ.
އޭގެ ފަހުން ތަހުގީގުގުގެ ބޭނުމަށް އެކި ފަހަރުމަތިން އޭނާގެ ބަންދު މުއްދަތު ވަނީ އިތުރު ކޮށްފަ އެވެ.
އިއްޔެ އޭނާގެ ބަންދު އިތުރުކުރަން ކްރިމިނަލް ކޯޓަށް ކޯޓަށް ގެންދިއުމުން ނެރުނު އަމުރުގައި ބުނެފައިވަނީ، ފޮރުވައިގެން ގެނައި ޕެކެޓުތަކަކީ ހާބަލް ނުވަތަ ފަތްޕިލާވެލީގެ ބާވަތެއް ކަމަށް އޭނާ ދިފާއުގައި ބުނާ ކަމަށެވެ. އެއީ އިންޑިއާގައި ހުއްދަ އެއްޗެއް ކަމަށާއި އެއީ ރާއްޖޭގައި މަނާ އެއްޗެއްކަން ނޭނގޭ ކަމަށް ވެސް އޭނާއާ ހަވާލާދީ ބުނެފައި އެވެ. 
ނަމަވެސް ފެނުނު މަސްތުވާތަކެއްޗަކީ ކޮން ބާވަތެއް ކަމެއް އަމުރުގައި ބުނެފައެއް ނުވެ އެވެ. އަދި މަނާ އެއްޗެއް ނޭނގޭ ކަމަށް ބުނާއިރު އެ އެއްޗެހި ފޮރުވައިގެން ގެނައި ސަބަބެއް ވެސް ބުނެފައެއް ނުވެ އެވެ. 
ތުހުމަތުކުރެވޭ މީހާ ދިފާއުގައި މިހެން ބުނި ނަމަވެސް ބަންދަށް އިއްޔެ ވަނީ އިތުރު 15 ދުވަސް ދީފަ އެވެ. 
The most trusted news source in the Maldives
ތުހުމަތުކުރެވެނީ މަސްތުވާތަކެތީގެ ބޮޑު މައްސަލައަކަށް ކަމަށް އަމުރުގައި ބުނެފައި ވިޔަސް އެ މީހާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބާވަތުގެ އިތުރުން ބަރުދަން ވެސް ބުނެފައެއް ނުވެ އެވެ. 
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި މި ފަހުން އިންޑިއާގެ މީހުން ވަނީ އިތުރުވެފަ އެވެ. އެ މައްސަލަ ބޮޑުވެ އެ ގައުމުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ކަންބޮޑުވުން ފާޅުކޮށް ހާއްސަ އެޑްވައިޒަރީއެއް ވެސް ނެރެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ