ތައުލީމީ ނިޒާމުން ޓިއުޝަން ސަގާފަތް ފޮހެލަން ޖެހޭ: ޑރ. ޝަފީއު

އެގޮތުން ބައެއް ދަރިވަރުން ދުވާލަކު 4-6 ގަޑިއިރު ޓިއުޝަންގައި ހޭދަކުރާކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ މަދަރުސާއިން ބޭރުން ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭންވާނީ ސްކޫލުގައި އުނގެނުމުން ކުދިން ދުރުނުވާނެ ގޮތަކަށް ވިސްނައިގެން ކަމަށެވެ.
"އެހާ ގިނަ ވަގުތު ގޭތެރެއިން ނެގޭކަމަށް ވާނަމަ، އޭގެ އަސަރު ދަރިވަރުންގެ ދުޅަހޔޮކަމަށް ކުރާނެ. ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ދަރިވަރުންގެ ވަގުތު މެނޭޖުކުރަން ދަސްކޮށްދިނުމާއި، ހިތްހަމަޖެހޭ ކަންކަމުގައި ވަގުތު ހޭދަކުރުމަކީ ދަރިވަރުންނަށް އެންމެ ރަނގަޅުގޮތްކަން ދިރާސާތަކުން އެނގޭ ކަމަށްވެސް ވިދާޅުވިއެވެ.
"ދަރިވަރުން ޝައުގުވެރިކަން އިތުރުކޮށް މިހާރަށް ވުރެ ބޮޑަށް ޒިންމާ ނަގާކަމުގައިވާނަމަ އެއީ އެކުދިންގެ ވިސްނުމާއި ފިލާވަޅު އުނގެނުމަށް ބޭނުންވާ އުކުޅުތައް ތަރައްޤީވާނެ" މިނިސްޓަރު ވިދާޅުވިއެވެ.
ނޭޝަނަލް އެސެސްމެންޓް އޮފް ލަރނިން އައުޓްކަމްސްގެ ނަތީޖާތަކަށް އަލިއަޅުވާލައްވަމުން އޭނާ ވިދާޅުވީ، މިހާރު ހޯދާ ނަތީޖާއަށްވުރެ ރަނގަޅު ނަތީޖާއެއް ހާސިލުކުރަން އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށެވެ. މަތީ އަރުތަވެރިންގެ އިނާމު 2025 ކުރިއަށް ދަނީ ދެ ދުވަހަށް ބަހާލައިގެންނެވެ. އެގޮތުން މިއަދު އިނާމްދިނުމުގެ 3 ދަންފަޅި ކުރިއަށްދާއިރު، މާދަމާ 2 ދަންފަޅިއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ