ސެންޓު ފުޅިއެއް ވަގަށް ނެގި މީހެއްގެ މައްޗަށް ތިން މަހުގެ ޖަލު ހުކުމެއް

ފިހާރަކުން ސެންޓު ފުޅިއެއް ވަގަށް ނެގި ކަމަށް އިއުތިރާފުވި މީހެއްގެ މައްޗަށް ތިން މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ. 
މިއީ ގ. އާބީރަމްޒު، މުހައްމަދު ނާޒިއުގެ މައްޗަށް ދައުލަތުން އުފުލި ދައުވާއެކެވެ. އޭނާ ސެންޓު ފުޅި ވަގަށް ނެގީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ހުންނަ ޕޮއިޒް ޕާފިއުމްގެ އައުޓްލެެޓުންނެވެ. 
އޭނާ ވަނީ އިބްތިދާއީ އަޑުއެހުމުގައި އެ ކުށަށް އިއުތިރާފުވެފަ އެވެ. ގާޒީ ހުކުމް ކުރީ އޭނާ ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށެވެ. 
ނަމަވެސް، ބަންދުގައި އޭނާ 15 ދުވަސް ހޭދަކޮށްފައިވާތީ އެ މުއްދަތު ކަނޑައި އޭނާ ޖަލުގައި ހޭދަކުރަން ޖެހެނީ ތިން މަހާއި ދެ ދުވަހެވެ. 
ޖޫން 18، ގައި މި ހުކުމް އިއްވީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ