އާރުޑީސީން ރަށްރަށުގައި ކުރިއަށްގެންދާ މަސައްކަތްތައް ކުރުމަށް ގިނަ އަދަދަކަށް މުއައްޒަފުން ހޯދަނީ!

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އަތޮޅުތެރޭގެ ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ މުއައްޒަފުން ހޯދުމަށް އިއުލާނުކޮށްފިއެވެ.
އާރުޑީސީން މިއަދުވެސް ވަނީ ތިން ރަށެއްގައި އެކުންފުނިން ކުރަމުންގެންދާ މަސައްކަތްތައް ކުރުމަށް ބޭނުންވާނެ މީހުން ހޯދުމަށް ދިވެހި ސަރުކާރުގެ ގެޒެޓްގައި އިއުލާނުކޮށްފައެވެ. އެރަށްތަކުގެ ތެރޭގައި ހިމެނެނީ ގއ.ކޮލަމާފުއްޓާއި، ގއ.މާމެންދޫގެ އިތުރުން ޅަ.ނައިފަރެވެ.
ކޮލަމާފުށީގައި އާރުޑީސީން މަގުހެދުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، މަސައްކަތްކުރާ ސައިޓަށް 10 ސަޕޯޓް ސްޓާފުން ބޭނުންވާއިރު، ވެލްޑިން ކުރާ މީހުންވެސް ބޭނުންވެއެވެ. ގއ މާމެންދޫ އާރުޑީސީ ސައިޓަށް އިދާރީ މީހުންގެ އިތުރުން ގިނަ އަދަދެއްގެ ސަޕޯޓް ސްޓާފުންނާއި، ޑްރައިވަރުންވެސް ބޭނުންވާކަމަށް އާރުޑީސީން ބުނެއެވެ.
Advertisement
މީގެ އިތުރުން ނައިފަރު ސައިޓަށް ސުޕަވައިޒަރުންނާއި، ޕްރޮޖެކްޓް ސްޓާފުންގެ އިތުރުން ގިނަ އަދަދެއްގެ ދާއިރާތަކަށް ވަނީ މީހުން ހޯދުމަށް އިއުލާނުކޮށްފައެވެ. 
https://www.gazette.gov.mv/iulaan?office=road-development-corporation-limited
އާރުޑީސީން ދަނީ ރަށްރަށުގެ ހުއްޓިފައިވާ މަގުތައް ހެދުމުގެ މަސައްކަތާއި ނަރުދަމާގެ މަސައްކަތްތައް ކުރަމުންނެވެ. މި ސަރުކާރު ވެރިކމަާ ހަވާލުވިއިރު ގިނަ އަދަދެއްގެ ރަށްރަށުގެ އުމްރާނީ މަސައްކަތްތައް ހުއްޓިފައިވާއިރު، ސަރުކާރުން މިހާރު ގެންދަނީ ހުއްޓިފައިހުރި ގިނަ މަޝްރޫޭޢުތަކުގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ