ޕެރިސް (މެއި 2) - ޔުއެފާގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، ކޮންފަރެންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި، ސްވިޑެންގެ ޖާގާޑެން އަތުން 4-1 އިން މޮޅުވެ، ޗެލްސީން މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފި އެވެ.
ޖާގާޑެންގެ ދަނޑުގައި ކުޅުނު މެޗުގައި ޗެލްސީން ލީޑުނެގީ 12 ވަނަ މިނިޓްގައި އެންޒޯ ފެނާންޑޭސް ޖެހި ގޯލުންނެވެ. އަދި، އެންޒޯ ދިން ބޯޅައަކުން ފުރަތަމަ ހާފު ނިމުމުގެ ކުރިން، ނޯނީ މަޑުއޭކޭ ވަނީ ޗެލްސީގެ ލީޑުފުޅާކޮށްދީފަ އެވެ.
ޗެލްސީން ދެ ވަނަ ހާފުގައި ވެސް އެޓޭކުކުރަން ނުކުމެ، ރަނގަޅު ފުރުސަތުތަކެއް ހޯދި އެވެ، މެޗުގެ 59 ވަނަ މިނިޓްގައި، ޗެލްސީން ވަނީ ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ ކޯލް ޕާމާ ދިން ބޯޅައަކުން ނިކޮލަސް ޖެކްސަން އެވެ. އޭގެ ހަ މިނިޓް ފަހުން، މޮއިސަސް ކައެސޭޑޯ ދިން ބޯޅައަކުން ޗެލްސީގެ ހަތަރު ވަނަ ގޯލު ޖެހީ ވެސް ޖެކްސަން އެވެ.
މެޗުގައި ޗެލްސީން ހަތަރު ގޯލުގެ ލީޑެއް ނެގިތާ ތިން މިނިޓް ފަހުން، ޖާގާޑެން ވަނީ ގޯލެއް ޖަހައިފަ އެވެ. އެ ޓީމަށް މި ގޯލު ޖަހައިދިނީ، 18 އަހަރުގެ އިސާކް އަލެމެޔޭހޫ އެވެ.
ކޮންފަރެންސް ލީގުގެ ސެމީ ފައިނަލުގެ އަނެއް ލެގުގައި ރެއާލް ބެޓިސް އިން ވަނީ 2-1 އިން ފިއޮރެންޓީނާ ބަލިކޮށްފަ އެވެ. ބެޓިސް ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖެހީ، އަބްދޭ އެޒަލްޒޫލީ އާއި އެންޓޮނީ އެވެ. ފިއޮރެންޓީނާގެ ހަމައެކަނި ގޯލު ޖެހީ، ލޫކާ ރަނިއޭރީ އެވެ.
ޗެލްސީން ކޮންފަރެންސް ލީގުގެ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި ޗެލްސީން ކޮންފަރެންސް ލީގުގެ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ