ބާމިންހަމް، އިންގްލެންޑް (އޭޕްރީލް 16) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުން މިރޭ ބަލިވި ނަމަވެސް ޕީއެސްޖީ އާއި ބާސެލޯނާ އިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ހޯދައިފި އެވެ.
ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި 4-0 އިން ބާސެލޯނާ އިން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކުރި ނަމަވެސް، ދެ ވަނަ ލެގުން ބާސެލޯނާ އަތުން ޑޯޓްމަންޑް ވަނީ 3-1 އިން ކުރިހޯދައިފަ އެވެ.
ބާސެލޯނާ އިން ކުރިހޯދީ 5-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ޕީއެސްޖީން އަމިއްލަ ދަނޑުގައި މިދިޔަ ހަފްތާގައި ފުރަތަމަ ލެގުގައި 3-1 އިން މޮޅުވި ނަމަވެސް، ދެ ވަނަ ލެގުގައި އެސްޓަން ވިލާ ދަނޑުގައި 3-2 އިން ވަނީ ބަލިވެފަ އެވެ.
އެގްރިގޭޓަށް ބަލާއިރު، ޕީއެސްޖީ ކުރިހޯދީ 5-4 އިންނެވެ.
ވިލާ ޕާކުގައި ކުޅުނު މެޗުގައި ޕީއެސްޖީން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެެވެ. އެ ޓީމުގެ ފުރަތަމަ ގޯލު އަޝްރަފް ހަކީމީ ޖެހިއިރު، ދެ ވަނަ ގޯލު ޖެހީ ނޫނޯ މެންޑޭޒް އެވެ. އެކަމަކު، ފުރަތަމަ ހާފުގައި ޔޫރީ ޓީލަމަންސް ވަނީ ވިލާ އަށް ގޯލެއް ޖަހައިދީފަ އެވެ. ދެ ވަނަ ހާފުގައި، ޖޯން މެކްގިންގެ ގޯލުން ވިލާ އިން އެއްވަރުކުރިތާ މާ ގިނައިރެއްނުވެ، އެޒްރީ ކޮންސާ ވަނީ ގޯލެއް ޖަހައި، ވިލާ ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ.
މި މެޗުގައި ވިލާ އިން ފޮނުވާލި ރަނގަޅު ހަމަލާތަކެއް ޕީއެސްޖީގެ ކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ ވަނީ މަތަކޮށްފަ އެވެ. އެ ގޮތުން، މެޗުގައި މޮޅު ކުޅުމެއް ދެއްކި ވިލާގެ މާކަސް ރެޝްފޯޑް އާއި ޓީލަމަންސް އަދި ބަދަލަކަށް ކުޅެން އެރި މާކޯ އަސެންސިއޯގެ ހަމަލާތައް ކީޕަރު ޑޮނަރުންމާ ވަނީ މަތަކޮށްފަ އެވެ. ޕީއެސްޖީން އެއްވަރުކުރަން، ޑެސެއާ ޑޫއޭ ޖެހި ބޯޅަ ވިލާގެ ކީޕަރު، އެމިލިއާނޯ މާޓީނޭޒް ވަނީ މަތަކޮށްފަ އެވެ.
އިތުރު ވަގުތުގައި ވިލާ އަށް އެގްރިގޭޓުން އެއްވަރުކޮށްދޭން އިއަން މާޓްސަން ޖެހި ބޯޅަ ވަނީ ބްލޮކްވެފަ އެވެ. ސެމީ ފައިނަލުގައި ޕީއެސްޖީން ކުޅޭނީ ރެއާލް މެޑްރިޑް ނޫނީ އާސެނަލާ އެވެ.
ސިގްނަލް އިޑޫނާ ޕާކުގައި ކުޅުނު މެޗުގައި، ޑޯޓްމަންޑްގެ ސޭހޫ ގިރާސީ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ބާސެލޯނާ އިން ދިން ޕެނަލްޓީ އަކުން ގިރާސީ ފުރަތަމަ ގޯލު ޖެހިއިރު، އޭނާ ވަނީ ދެ ވަނަ ހާފުގެ ކުރީކޮޅުގައި ގިރާސީ އިތުރު ގޯލެއް ޖެހި އެވެ. ޑޯޓްމަންޑްގެ ރަމީ ބެންސެބައިނީ އަތުން ބައިކޮޅަށް ގޯލެއް ވަދެ، ބާސެލޯނާ އަށް އުންމީދެއް ލިބުނެވެ. އެކަމަކު، ގިރާސީ ވަނީ އިތުރު ގޯލެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
ސެމީ ފައިނަލުގައި ބާސެލޯނާ ކުޅެން ޖެހޭނީ، ބަޔާން މިއުނިކާއި އިންޓަ މިލާން ތެރެއިން ޓީމަކާ އެވެ.
ދެ ވަނަ ލެގުން ބަލިވިޔަސް ބާސެލޯނާ އާއި ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ސެމީ އަށް ދެ ވަނަ ލެގުން ބަލިވިޔަސް ބާސެލޯނާ އާއި ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ސެމީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ