އެލްޖީގެ ޒަމާނީ އިޔާބަޑްސް "އެކްސްބޫމް" ތަޢާރަފުކޮށްފި
ދުނިޔޭގެ މަޝްހޫރު އިލެކްޓްރޯނިކްސް ކުންފުނި އެލްޖީން އެންމެ ފަހުގެ ވަޔަލެސް އިޔާބަޑްސް ކަމަށްވާ "އެލްޖީ އެކްސްބޫމް ބަޑްސް" ބައެއް ބާޒާރުތަކަށް ނެރެފިއެވެ. މި އިޔާބަޑްސްގައި ހުރި ޚާއްޞަ ސިފަތަކުގެ ތެރޭގައި އައިޕީއެކްސް 4-ރޭޓެޑް ފެންވަރުގެ ރައްކާތެރިކަމާއި، ގްރަފީން ކޯޓެޑް ޑައިނަމިކް ޑްރައިވަރުތައް ހިމެނެއެވެ. މި އިޔާބަޑްސްގައި އެކްޓިވް ނޮއިޒް ކެންސަލޭޝަން (އޭއެންސީ) އާއި އޯރަކާސްޓްގެ ޚާއްޞިއްޔަތު ހިމެނެއެވެ. އެލްޖީގެ މި އުފެއްދުމަކީ މި އަހަރުގެ ޖެނުއަރީ މަހު ބޭއްވުނު ކޮންސިއުމާ އިލެކްޓްރޯނިކްސް ޝޯ (2025) ގައި ތަޢާރަފުކުރެވުނު އުފެއްދުމެކެވެ. އެލްޖީ އެކްސްބޫމް ބަޑްސްގެ އަގު އެމެރިކާގައި ހަމަޖެހިފައިވަނީ 109 ޑޮލަރަށެވެ. މިހާރު މި އިޔާބަޑްސް އެމެރިކާގައި އެމެޒޯން އަދި އެލްޖީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ގަނެވެން ހުންނާނެއެވެ. ކަޅު އަދި ހުދު ކުލައިގައި ލިބެން ހުންނާނެއެވެ. މި އިޔާބަޑްސްގައި 10 އެމްއެމްގެ ގްރަފީން ކޯޓެޑް ޑްރައިވަރުތައް ހަރުކޮށްފައިވާއިރު، 35 ޑެސިބަލްގެ އޭއެންސީ އަދި އެމްބިއަންޓް މޯޑް ހިމެނެއެވެ. އަދި ކޮންމެ އިޔާބަޑެއްގައި ތިން މައިކްރޮފޯން ހަރުކޮށްފައިވެއެވެ. މީގެ އިތުރުން ކޭސްއާއެކު ޖުމްލަ 30 ގަޑިއިރުގެ ބެޓަރީ ލައިފް ލިބޭނެ ކަމަށް ބުނެފައިވެއެވެ. އެލްޖީ އެކްސްބޫމް ބަޑްސް އިޔާބަޑްސްގައި އޯރަކާސްޓް ކަނެކްޓިވިޓީ ހިމެނޭއިރު، އެކްސްބޫމް ބަޑްސް އެޕްއާވެސް ގުޅޭގޮތަށް ފަރުމާކޮށްފައިވެއެވެ. މި އެޕް އައިއޯއެސް، އެންޑްރޮއިޑް އަދި އެލްޖީ ގްރާމްގެ ވިންޑޯސް ޕްލެޓްފޯމްތަކުގައި ބޭނުންކުރެވޭނެއެވެ. އެޕް މެދުވެރިކޮށް އޭއެންސީ އަދި އީކިއު ލެވެލްތައް ބަދަލުކުރެވޭނެއެވެ. މީގެ އިތުރުން، އެސްބީސީ، އޭއޭސީ، އެލްސީ-3 އޯޑިއޯ ކޯޑްތަކާއި، ބްލޫޓޫތު 5.4، މައިކްރޯސޮފްޓް ސްވިފްޓް ޕެއާ އަދި ގޫގުލް ފާސްޓް ޕެއާ ވެސް މި އިޔަރބަޑްސްގައި ހިމެނެއެވެ. އެލްޖީ އެކްސްބޫމް ބަޑްސް އެއް ޗާޖުކުރުމަކުން 10 ގަޑިއިރަށް ބޭނުންކުރެވޭނެ ކަމަށް ބުނެފައިވެއެވެ. އަދި ޗާޖިން ކޭސްއާއެކު ޖުމްލަ 30 ގަޑިއިރަށް ބޭނުންކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ