ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުން އޮތީ ވިލާ ޕާކް ސަން އައިލެންޑް ރިސޯޓުގަ އެވެ.
މި ބައްދަލުވުމަށްފަހު ގާސިމް ވަނީ އަލީ ވަހީދަށް ތައުރީފު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން، ކޮވިޑްގެ ދުވަސްވަރު ވެސް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި މިނިސްޓަރަކީ އަލީ ވަހީދު ކަމަށް ގާސިމް ވިދާޅުވި އެވެ.
މިއަދު އަލީ ވަހީދު މިނިވަނެއްގެ ގޮތުގައި ހުރުމަކީ އުފާކުރާ ކަމެއް ކަމަށާއި އޭނާ އެދެނީ އަލީ ވަހީދަށް ދެން ވެސް ސިޔާސީ މައިދާނުގައި ކުރިއަށް ދިޔުން ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަލީ ވަހީދަކީ ވަރަށް ވިސްނުންތެރި، ކަންކަން ކުރެވޭ ބަރާބަރަށް ކަންކަން ކުރެވޭ ހަރަކާތްތެރިކަމާ އެކު ކަންކަން ކުރެވޭ ބޭފުޅެއް، އެއީ މާގިނަ މީހުންގެ ހުންނަ ސިފައެއް ނޫން، އެހެންވެ ބައެއް މީހުން ހަސަދަވެރި ވެސް ވާނެ،" ގާސިމް ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ ޒުވާނުން އުމުރުގައި މިނިސްޓަރުކަން ކުރަން ލިބުމުގެ ފަހަތުގައި ވެސް ހުންނެވީ ގާސިމް ކަމަށާއި އެހެންވެ، އެކަމާ ގާސިމަށް އަބަދުވެސް ޝުކުރުވެރިވާ ކަމަށެވެ. ގާސިމަކީ އޭނާ އެންމެ ފުރަތަމަ އިހްތިރާމް އަދާކުރަން ޖެހޭ ސިޔާސީ ލީޑަރު ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"އަބަދުވެސް ބުރަ މަސައްކަތް ކުރާ ޕާޓީއެއް ޖުމްހޫރީ ޕާޓީއަކީ، އަޅުގަނޑު މިއަދު ވެސް މި ހުރީ ޖުމްހޫރީ ޕާޓީގަ، އަޅުގަނޑާއި ގާސިމްއާ ތަފާތުވާނެ މާބޮޑު ފިކުރެއް ނޯންނާނެ، ގާސިމް އިބްރާހިމަށް އުނދަގޫވާ ހާލަތްތަކުގައި އަބަދުވެސް ހުންނާނެ ކަމުގެ ޔަގީންކަން ދިނިން،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި މަހުގެ 20 ވަނަ ދުވަހަށް ފަހު ސިޔާސީ ޕޯޑިއަމަކަށް އޭނާ އަރާނެ އެވެ. ނަމަވެސް، އެއީ ކޮން ޕާޓީއެއްގެ ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ގާސިމް އިބްރާހިމް، އަލީ ވަހީދާ ބައްދަލުކުރެއްވުން
ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލުމުން ރާއްޖޭން ބޭރަށް ވަޑައިގެން އުޅުއްވުމަށްފަހު އަލީ ވަހީދު އެނބުރި ރާއްޖެ ވަޑައިގެންފައިވަނީ އެ ދައުވާތައް ދައުލަތުން އަނބުރާ ގެންދިޔުމުންނެވެ.
އޭނާ ރާއްޖޭން ފުރައިގެން ވަޑައިގެންނެވިއިރު ހުންނެވީ، ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުގަ އެވެ. ނަމަވެސް، އެ ޕާޓީން ވަނީ އެ މަގާމު އުވާލާފަ އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ގާސިމް ގެންދަވަނީ އެކިއެކި ސިޔާސީ ފިކުރުތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވަމުންނެވެ. އަލީ ވަހީދާ މިއަދު ބައްދަލުކުރައްވާފައިވާއިރު، އޭނާގެ މައްޗަށް އޮތް ދައުވާތައް އަނބުރާ ގެންދިޔުމުން އެކަމާ ގާސިމް އުފާކުރައްވާފައިވެ އެވެ.
އެނބުރި ރާއްޖެ ވަޑައިގެން، ސިޔާސީ މަސައްކަތް ކުރައްވާނެކަން އަލީ ވަހީދު އިއުލާން ކުރައްވާފައިވެ އެވެ. ނަމަވެސް، އޭނާ މަސައްކަތް ކުރާނީ ކޮން ބަޔަކާ އެކު ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
Ali Waheed ge dhauvaathah negumun Qasim hiyhama jehijje!
The most trusted news source in the Maldives
Mihaaru
އަލީ ވަހީދާ އެކު މަސައްކަތް ކުރުމަކީ އޮތް ފުރުސަތެއް ކަމަށް އިދިކޮޅު ޕީޕީއެމްއިން ވެސް ވަނީ ބުނެފަ އެވެ.
ރާއްޖެ ވަޑައިގެން އަލީ ވަހީދު ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައިވަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ފްރޭމް ކުރުމަށް ކަމަށެވެ. އެކަމަކު، އެކަމުގައި ޖުމްހޫރީ ޕާޓީ، ޕީޕީއެމްގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައުރީފް ކުރައްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައްވައިފަ އެވެ.
ގާސިމް، އަލީ ވަހީދާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ