ބިން ދޫކުރަން އެންމެ ރަނގަޅު ގޮތަކީ ވެށިފަހި މާލެ ޕްރޮގްރާމް: ނަޝީދު
ބިން ދޫކުރަން އެންމެ ރަނގަޅު ގޮތަކީ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ބިން ދޫކުރި އުސޫލުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.ނަޝީދު އެގޮތަށް ވިދާޅުވީ، ޝޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.މާލޭގެ ބިމުގެ ބަހުސް ހިނގާކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ ޒަމާނުއްސުރެ މާލެއަކީ ވަކި ބައެއްގެ ރަށެއް ނޫންކަން އެމަނިކުފާނުގެ "ކިއްލާ މާލެ" ފޮތުގައި ބަޔާންކޮށްފައިވާނެ ކަމަށެވެނަޝީދު ވިދާޅުވީ ޒަމާނުއްސުރެ މާލެއަކީ ވަކި ބައެއްގެ ތަނެއް ނޫން ކަމަށެވެ. އަދި އެކަން އެ މަނިކުފާނު ލިޔުއްވާފައިވާ "މާލެ ކިއްލާ" ފޮތުގައި އެ ވާހަކަތައް ބަޔާންކޮށްފައިވާނެ ކަމަށް ނަޝީދުގެ ޕޯސްޓްގައިވެ އެވެ.އެ މަނިކުފާނު ވިދާޅުވީ 1750 ވަނަ އަހަރު ބޯހިމެނިނަމަ، މާލެއިން ފެންނާނީ އެކި ކަރަކަރަތަކުގެ މީހުންނާއި އެކި ރަށްރަށަށް ނިސްބަތްވާ މީހުން ކަމަށެވެ.ބިން ދޫކުރަން ޖެހޭނީ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ބިން ދޫކުރި ގޮތަށް ކަމަށް ނަޝީދު ވިދާޅުވިއިރު، އެމަނިކުފާނުގެ ވެރިކަމުގައި ހިންގި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ބިމާއި ފްލެޓް ދޫކުރީ މާލެއިން ލިބިފައިވާ ބިންތައް ދައުލަތަށް ދޫކޮށްލާ ގޮތަށެވެ.މާލޭގެ ބިމުގެ ޑިމާންޑު ބޮޑުވެ، މާލެއިން ގެވަޅު ދިނުމާއި، މާލޭގައި ބިނާ ކުރާ ހައުސިން ޔުނިޓްތަކަށް ކުރިމަތި ލުމުގައި މުޅި ރާއްޖެގެ ރައްޔިތުން ޝާމިލް ކުރުމުން، މާލޭގެ ރައްވެހިންނަށް ގެދޮރު ލިބުމުގައި ހުރަސްތައް ކުރިމަތިވެ، އެމީހުންގެ ހައްޤުތަކާއި މެދު އަންނަނީ އެކިގޮތް ގޮތަށް ބަހުސް ތައް ކުރެވެމުންނެވެ.އެއްބަޔަކު ދެކޭގޮތުގައި، މާލެ އަކީ ރާއްޖޭގެ ވެރިރަށްކަމަށްވުމުން މާލެ ބިމުން އެންމެންނަށް ހައްޤު އޮންނާނެއެވެ. އަނެއް ބަޔަކު ދެކޭގޮތުގައި މާލޭގެ ބިމުން އިސްކަން ދޭންވާނީ، މާލޭގެ މީހުންނަށެވެ. އެހެން ނޫންނަމަ ރާއްޖޭގެ އެހެންރަށްރަށުން ވެސް މާލޭގެ މީހުންނަށް ގެދޮރު ލިބެންޖެހޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ