އެމްޕީއެލްއާ ދިމާލު ބޭރުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ހާލު ދެރަވި ދިވެހި މީހާ ނިޔާވެއްޖެއެވެ.
އެމްޕީއެލްއާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލީ އިއްޔެ މެންދުރު ފަހު 15:44ހާއިރު އެވެ. އެ ހާދިސާގައި ހަ މީހަކަށް އަނިޔާވިއެވެ. އެއީ 4 ދިވެހިންނާއި ދެ ބިދޭސީންނެވެ.
އަދި އެ ހާދިސާގައި އިއްޔެ އެކަކު ވަނީ ނިޔާވެފައެވެ. އެއީ އުމުރުން 32 އަހަރުގެ މަސްއުދު ހުސައިން ކިޔާ ބަންގްލޭޝްއަށް ނިސްބަތްވާ މީހެކެވެ.
އޭގެ ފަހުން ފުލުހުން ވަނީ އެ ހާދިސާގައި 25 އަހަރުގެ ދިވެހި ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާ ދެމުން އަންނަ ކަމަށް ބުނެފައި ވެއެވެ. އަދި އޭނާ ނިޔާވެފައިވާ ކަމަށް ފުލުުހުން ވަނީ މިއަދު މައުލޫމާތު ދީފައެވެ. އެއީ ގއ. ގެމަނަފުށީ/ދިލްބަހާރްގެ އަލީ އަފްލާހް މުހައްމަދު 25އ. އެވެ.
މިދިޔަ މަހު މާލެ އިން ފުރައިގެން ކ. އެރިޔަދު އަށް ފުރި ކޮޅުވެއްޓިއެއް ކަނޑުގަދަވެގެން ބަންޑުން ޖަހާލި ހާދިސާގައި ދިވެއްސަކާއި ތިން ބިދޭސީއަކު ވެސް ނިޔާވެފައި ވެއެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ހާލު ދެރަވި ދިވެހި މީހާ ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ