ކިންގް 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސިފައިންގެ ތެރޭގައި ހަރަކާތްތެރި ވަމުން އަންނައިރު، އޭނާއަށް ދެކުނު ކޮރެއާއަށް އާދެވުނީ ސިފައިންގެ ޔުނިޓް ރޯޓޭޝަނެއްގަ އެެވެ.
މީގެ މަސްތަކެއް ކުރީން ދެކުނު ކޮރެއާގެ ތެރެއިން ފިލައި އުތުރު ކޮރެއާއަށް ދިޔަ އެމެރިކާ ސިފައިންގެ މީހާ ޓްރެވިސް ކިންގް އުތުރުގެ ވެރިރަށް، ޕިއޮންޔަންގް އިން ބޭރު ކޮށްލައި ރަސްމީ ޗެނަލެއްގެ ތެރެއިން އެމެރިކާއާ ހަވާލު ކޮށްފި އެވެ.
އުމުރުން 23 އަހަރުގެ މިލިޓަރީ އޮބްޒަވޭޝަން ސްޕެޝަލިސްޓް ގަވައިދާ ހިލާފަށް އުތުރު ކޮރެއާއަށް ވަނީ މިދިޔަ ޖުލައި މަހު އެވެ. އުތުރު ކޮރެއާގެ މީޑިއާއިން ބުނެފައިވާ ގޮތުގައި އެމެރިކާ ސިފައިންގެ އެ މީހާ ފިލައިގެން އުތުރު ކޮރެއާއަށް ދިޔައީ އެމެރިކާގެ އަސްކަރިއްޔާގެ ތެރޭ އޮތް ލާއިންސާނީ އަމަލުތަކާއި ނަސްލީ ތަފާތު ކުރުންތަކުގެ ސަބަބުންނެވެ. އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ ޑިޕްލޮމެޓިކް ޗެނަލްގައި މަސްތަކެއް ވަންދެން ވާހަކަ ދެއްކުމަށް ފަހު ޓްރެވިސް ކިންގް އެމެރިކާގެ ގެންގޮސް އާއިލާއާ ބައްދަލު ކުރުވާފައިވާ ކަމަށާއި އޭނާ ހުރީ ވެސް އާއިލާ ދެން ވަރަށް ކެތްމަދުވެފައި ކަމަށެވެ. ނަމަވެސް އޭނާއަށް އެމެރިކާއިން ކުޑަނަމަވެސް ލުޔެއް ނުދޭނެ އެވެ. ޗައިނާގެ ބޯޑަރު ސިޓީއެއް ކަމަށްވާ ދަނޑޮންގްގައި އެމެރިކާގެ އޮފިޝަލުންނާ ބައްދަލު ކުރުވުމަށްފަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ މަތިންދާބޯޓެއްގައި ކިންގް، ގެންދިޔައީ ދެކުނު ކޮރެއާގައި ހުންނަ އެމެރިކާގެ އެއާބޭސްއަކަށެވެ. އެނބުރި އެމެރިކާއަށް ދިޔައީ ބުދަ ދުވަހު އެވެ.
މީގެ ކުރިން އުތުރު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީން ބުނެފައި ވަނީ އެ ގައުމުން ކިންގް ޑީޕޯޓް ކޮށްލަން އޮތީ ނިންމާފަ އެވެ: "ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެއާގެ ކަމާބެހޭ އިދާރާއިން ވަނީ ގަވާއިދާ ހިލާފަށް ވަން އެމެރިކާ ސިފައިންގެ މީހާ ޓްރެވިސް ކިންގް ޑިޕޯޓް ކުރަން ނިންމާފައި، އެއީ ގާނޫނުތަކާ އެއްގޮތަށް،" ކިންގް 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސިފައިންގެ ތެރޭގައި ހަރަކާތްތެރި ވަމުން އަންނައިރު، އޭނާއަށް ދެކުނު ކޮރެއާއަށް އާދެވުނީ ސިފައިންގެ ޔުނިޓް ރޯޓޭޝަނެއްގަ އެެވެ. އުތުރު ކޮރެއާއަށް ވަނުމުގެ ކުރިން އޭނާ ވަނީ ދެ މީހަކަށް ހަމަލާދީ ފުލުހުންގެ ކާރަކަށް ގެއްލުން ދީފަ އެވެ. އެ ކަމުގެ ތުހުމަތުގައި ދެކުނު ކޮރެއާގައި ދެ މަސް ދުވަހު ބަންދުގައި ހޭދަ ކޮށްފައި ވެއެވެ. އޭނާ ދެކުނު ކޮރެއާގެ ބަންދުން ދޫކޮށްލީ ޖުލައި މަހުގެ 10 ވަނަ ދުވަހު އެވެ. އޭނާ ފިލައިގެން ޕިޔޮންގްޔަންއަށް ވަނީ އެކަން މައްޗަށް އަޅާނެ ހަރުކަށި ފިޔަވަޅުތަކަށް ރެކޭން ވެގެނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ފިލައިގެން އުތުރަށް ދިޔަ އެމެރިކާގެ ސިފައިންގެ މީހާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ