ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން ހެދި އިންކުއަރީއަށް ފަހު، ތިނަދޫ ސިޓީ ގެ މޭޔަރު ސައުދު އަލީއަށް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ތިން މަހަށް ސަސްޕެންޑް ކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމި ނިންމުމަކީ ސިޔާސީ ބޭނުމުގައި ކުރި ކަމެއް ކަމަށް ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީ ވިދާޅުވެއްޖެއެވެ.
އެލްޖީއޭ އިން މޭޔަރު ސައުދުއާއި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީ ސަސްޕެންޑްކޮށްފައިވަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކައުންސިލް ހިންގުމާއި އެ ކަންކަން އެ މަގުން ހިނގާކަން ކަށަވަރު ކުރުމަކީ މޭޔަރުގެ ޒިންމާއެއް ކަމަށް ވާއިރު އެ ޒިންމާ އަދާނުކުރައްވާތީ ކަމަށް ބުނެއެވެ. .
އެ ބޭފުޅުން ސަސްޕެންޑުކޮށްފައި ވަނީ، އެ އޮތޯރިޓީއާއި ސަރުކާރުގެ އިދާރާތަކަށް ހުށަހަޅާފައިވާ ޖުމުލަ 19 ކަމެއް ހިމެނޭ އިންކުއަރީއެއް ހެދުމަށްފަހުގައެވެ.
ތިނަދޫ ސިޓީ ކައުންސިލްގެ އިންކުއަރީ ހެދުމަށް މިދިޔަ މާޗު މަހު އެލްޖީއޭގެ ޓީމެއް ވަނީ ތިނަދު އަށް ގޮސް ކައުންސިލްގެ މެމްބަރުންނާ ބައްދަލުކޮށް ބަޔާން ނަގައި ލިޔެކިޔުންތައް ކައުންސިލުން ހޯދައިފައެވެ.
އެލްޖީއޭ އިން ބުނި ގޮތުގައި އިންކުއަރީގައި ބަލާފައި ވަނީ ތިނަދޫ ކައުންސިލުގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާ ކަމަށާއި ކައުންސިލުގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފައި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް އެ ސިޓީ ކައުންސިލުގެ މޭޔަރާއި މެމްބަރުން އަމަލުކުރާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލާގައި އެލްޖީއޭ އިން މޮނިޓާކޮށް ފާހަގަކުރެވުނު މައްސަލަތަކަށެވެ.
މި މައްސަލައާއި ގުޅިގެން ތިނަދޫ ސިޓީގެ މޭޔަރު ވިދާޅުވީ ސަސްޕެންޑް ކުރިކަން ރަސްމީކޮށް އަންގާފައިނުވާކަމަށާއި މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ކުރިއަށްދާ ސިޔާސީ ‘ކުޅިގަނޑެއް’ ކަމަށެވެ.
އެ ބޭފުޅުން ސަސްޕެންޑުކުރުމަކީ އިޖުރާއަތްތައް ފުރިހަމަނުކޮށް، ގަވައިދާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް ސައުދު ތުހުމަތުކުރެއްވިއެވެ.
އެ މައްސަލައިގައި އިންސާފު ހޯދުމަށް އެކައުންސިލުން މަސައްކަތް ކުރާނެ ކަމަށާއި އެލްޖީއަށް ވީތީ ވަކި މައްސަލަ ނުބަލައި، ދޫކޮށްނުލާނެކަމަށް ވެސް އޭނާ ފާހަގަކުރެެއްވިއެވެ.
ތިނަދޫގެ 200 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި މަގުބޫލު ލިޔުންތައް އެންމެ ފުރަތަމަ އަހަރެން ހީކުރީ އަހަރެންވެސް މި މަރުވަނީކަމަށް: ފްލައިޓުން ސަލާމަތްވި ހަމައެކަނި މީހާ ހަނީމޫނަށް ކާޖަލް ރާއްޖެއަށް ކުރި ދަތުރުން ބޮޑު ސަޕްރައިޒެއް! މި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ