ހއ. ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ޓޫރިޒަމް މިނިސްޓްރީން އިއްޔެ ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ 71،832 އަކަފޫޓުގެ ބިމެއްގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލާ ކަމަށެވެ.
ބާރަށުގައި ޓޫރިސްޓު ހޮޓަލެއް އަޅާނެ ބަޔަކު ހޯދަން މިދިޔަ އޮޓޯބަރު މަހު ވެސް ހުޅުވާލި އެވެ.
ތަފްސީލް - މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 8 ވަނަ ދުވަހު އޮންނަ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 20 އޮގަސްޓުގައި ބީލަން ހުށަހެޅުމަށް ވަނީ ހުޅުވާލައިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ:
ބާރަށުގައި ޓޫރިސްޓު ހޮޓާ ތަރައްގީކޮށް ހިންގުމަށް ބިން ކުއްޔަށް ދެނީ 50 އަހަރަށް
ބިން ހަވާލުކުރާރާ ދެ އަަހަރު ތެރޭ ހޮޓާ ތަރައްގީ ކުރުމުގެ މަސައްކަތް ނިންމަން ޖެހޭ
ބިޑް ސެކިޔުރިޓީ އަކީ 25،000 ޑޮލަރު
ލީޒް އިކުއިޒިޝަން ކޮސްޓަކީ 150،000 ޑޮލަރު (2.3 މިލިއަން ރުފިޔާ)
މި މަޝްރޫއަށް ދިވެހި އަދި ބޭރުގެ ކުންފުނިތަކަށް ވެސް ބީލަން ހުށަހެޅޭނެ
ގުޅުން ހުރި - އިންޓަނޭޝަނަލް ބީލަމަކަށް ހުޅުވާލައިގެން ބާރަށުގައި އީކޯ ޓޫރިޒަމްގެ މަޝްރޫއެއް ހިންގުމަކީ މިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ކައުންސިލްތަކާ ބައްދަލުކުރައްވަން ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންވި ވައުދުފުޅެކެވެ.
ބާރަށުގެ ޓޫރިސްޓު ހޮޓަލުގެ މަސައްކަތް އަލުން ބީލަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ