ރާއްޖެއަށް ބޯޓަކުން އެތެރެކުރަން އުޅުނު ހަތް ކިލޯގެ ޑްރަގާއި އެކު ހައްޔަރުކުރި އެ ބޯޓުގެ 10 ފަޅުވެރިންނަށް ދައުވާ ކުރާ މިންވަރަށް ހެކި ނުލިބުމުން ދައުވާނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ނިންމައިފި އެވެ.
ޕީޖީގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި ތަރުޖަމާން އަހުމަދު ޝަފީއު އަދަދު އަށް ވިދާޅުވީ މާޗު 21، ގައި ޓީބީ މުތާ ޑައިމަންޑު ބޯޓުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާއަށް ނިސްބަތްވާ ހަތް މީހުންނާއި އިންޑޮނީޝިއާއަށް ނިސްބަތްވާ ތިން މީހުންގެ މައްޗަށް އެކަށީގެންވާ މިންވަރަށް ހެކި ނުލިބުމުން ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ.
އެ ބޯޓުން ދަތުރުކުރި 10 މީހުން އެ ބޯޓުން ދަތުރުކުރުން ފިޔަވައި، އެ ބޯޓުގެ އިންޖީނު ރޫމްގެ ތެރޭގައި ހުރި ވަތްގަނޑެއް ތެރެއިން ފެނުނު މަސްތުވާތަކެއްޗާއި ގުޅުވައިދެވޭނެ އެހެން ހެއްކެއް ލިބިފައި ނުވާކަން ޝަފީއު ފާހަގަކުރެއްވި އެވެ.
"އެހެންކަމުން އެ ތަކެއްޗަށް، ތުހުމަތުކުރެވޭ 10 ފަޅުވެރިން ޒިންމާ ކުރެވޭވަރަށް ހެކި ގަރީނާ ލިބިފައި ނުވާތީ 18 ޖޫން 2025 ދުވަހު މައްސަލަ ޑިކްލައިން ކޮށްފައިވާނެ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ޝަފީއު ވިދާޅުވީ އެ މައްސަލާގައި ފެނިފައިވާ މަސްތުވާތަކެއްޗާ ދިވެހި ކުންފުންޏަކާ ގުޅުމެއްވާކަމަށް ހެކި ގަރީނާއިން ޕީޖީ އޮފީހަށް ބެލެވޭތީ، އެ ކުންފުނީގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދިނުމަށް ފުލުހުންގެ ލަފާ ދީފައިވާ ކަމަށެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކުރި 10 މީހުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މީހުންނަށް ދައުވާ ނުކުރަން ނިންމުމާއެކު އެ މައްސަލަ ވަނީ މިހާރު ބާތިލުކޮށްފަ އެވެ.
ހަތް ކިލޯގެ ޑްރަގާއި އެކު ހައްޔަރުކުރި 10 މީހުންނަށް ދައުވާ ކުރާ މިންވަރަށް ހެކި ނުލިބުމުން ދައުވާނުކުރި ހަތް ކިލޯގެ ޑްރަގާއި އެކު ހައްޔަރުކުރި 10 މީހުންނަށް ދައުވާ ކުރާ މިންވަރަށް ހެކި ނުލިބުމުން ދައުވާނުކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ