ފުޑް ކާނިވަލްގައި ލިވަޕޫލްގެ ލެޖެންޑް އޮޓޯގްރާފް ދެނީ

މޯލްޑިވްސް ފުޑް ކާނިވަލްގައި ލިވަޕޫލް ފޭން ޒޯނަށް އެ ކުލަބުގެ ލެޖެންޑް ޑާކް ކައުޓް އަތުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ވިޒިޓް މޯލްޑިވްސްއިން ފުޑް ކާނިވަލްގައި ގާއިމްކުރި ލިވަޕޫލްގެ ފޭން ޒޯނަށް މިއަދު ހަވީރު ކައުޓް ދިއުމުން އޭނާއަށް މަރުހަބާ ކީ އެ ކްލަބުގެ ދިވެހި ސަޕޯޓަރުންނާއި އެމްއެމްޕީއާރުސީއިންނެވެ.
ތަފްސީލު - ފޭން ޒޯންގައި ކައުޓް ބައިވެރިވާ ގިނަ ހަރަކާތްތަކެއް މިއަދު ކުރިއަށްގެންދާނެ އެވެ. އޭގެ ތެރޭގައި އޮޓޯގްރާފް ދިނުމާއި ސަޕޯޓަރުންނާ އެކު ފޮޓޯ ނެގުން ހިމެނެ އެވެ.
އޮޓޯގްރާފް ދިނުން ކުރިއަށްދާނީ މިރޭ 8:30 އާއިން 9އާ ހަމައަށެވެ. އަދި މިއަދު ހަވީރު އައި ސަޕޯޓަރުންނަށް ވެސް ކައުޓް ވަނީ އޮޓޯގްރާފް ދީފަ އެވެ.
ލިވަޕޫލް ފޭން ޒޯންގައި އާންމުން ޝައުގުވެރިވާ ފަދަ ގިނަ ހަރަކާތްތައް ކުރިއަށްގެންދެ އެވެ. އޭގެ ތެރޭގައި:
3×3 ފުޓްބޯޅަ
ފޫސްބޯލް
ޕެނަލްޓީ ކިކް ޗެލެންޖު
1 ވީ 1 ފުޓްބޯޅަ
ސީޓެޑް ސޮކާ ޗެލެންޖް
ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މެގަޒިން ގުޅިގެން ބާއްވާ މޯލްޑިވްސް ފުޑް ކާނިވަލަކީ ރާއްޖޭގެ އެފްއެންބީ ސިނާއަތަށް ގެނެސްދޭ ބޮޑު އީދެކެވެ. މިދިޔަ އަހަރުގެ ފުޑް ކާނިވަލްގައި 68 އެގްޒިބިޓަރުން ބައިވެރިވިއިރު 30،000އަށް ވުރެ ގިނަ މީހުން އެ ކާނިވަލަށް ޒިޔާރަތްކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ