މިއަދުގެ ހާލަތަށް ބަލާއިރު ރާއްޖެއަށް އެމްޑީޕީގެ އިސްލާހީ އެޖެންޑާ ވަރަށް މުހިންމުވެފައިވާ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅިގެން ޝާހިދު ދެއްވި މެސެޖުގައި ވިދާޅުވީ އެމްޑީޕީގެ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ހޯދާފައިވާ ކުރިއެރުންތައް ފަހަތަށް ސޮއްސާލާ ކަމަށެވެ.
"ހިތާމައަކީ އެމްޑީޕީ ވެރިކަމުން ބަދަލުވާ ކޮންމެ ފަހަރަކު ހޯދިފައިވާ ހުރިހާ ކުރިއެރުންތަކެއް ފަހަތަށް ސޮއްސާލާތީ. މިއަދުގެ ހާލަތަށް ބަލާއިރު ރާއްޖެއަށް އެމްޑީޕީގެ އިސްލާހީ އެޖެންޑާ ނުހަނު ބޭނުން. އަޅުގަނޑުމެންގެ ފަހަތުން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީތަކުން މިއަދު އެޖެންޑާ ކަނޑައަޅުއްވަނީ އަޅުގަނޑުމެންގެ ސިޔާސީ އެޖެންޑާއަށް ބައްލަވާލައްވައިގެން," ޝާހިދު ވިދާޅުވި އެވެ.
އެމްޑީޕީން ރާއްޖެއަށް ހޯދައިދިން ބޮޑެތި ކުރިއެރުންތަކުގެ ތެރޭގައި ބޯހިޔާވެހިކަމާއި ދަތުރުފަތުރާއި ހިލޭ ބޭސްފަރުވާ އާއި ހިލޭ ޑިގްރީ އާއި ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތަރައްގީ ކުރަމުން ގެންދިޔުމާއި ވެރިކަމުގެ ބާރުތައް ބަހާލުމާއި އެއް ބާރުން އަނެއް ބާރަށް ފާރަވެރިވުމުގެ ނިޒާމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަންކަން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ގުޅިލާމެހިފައިވާ ދުނިޔެއެއްގައި ހާރިޖީ ސިޔާސަތުގައި ހުރިހާ އެންމެންނާ ގުޅިގެން ފަހުރުވެރިކަމާ އެކު އިހުތިރާމް ރާއްޖެއަށް ހޯދައިދީފައިވާ ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.
މީގެއިތުރުން އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު މުޅި އަހަރު ތެރޭގައި އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ ލޯކަލް ކައުންސިލް އިންތިހާބު ކަމަށާއި ސަރުކާރަށް ނޫނެކޭ ބުނެ އެ އިންތިހާބުގައި ބޮޑުތަނުން އެމްޑީޕީން ކާމިޔާބު ކުރުމަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
މިއަދުގެ ހާލަތަށް ބަލާއިރު ރާއްޖެއަށް އެމްޑީޕީގެ އިސްލާހީ އެޖެންޑާ ނުހަނު ބޭނުން: ޝާހިދު މިއަދުގެ ހާލަތަށް ބަލާއިރު ރާއްޖެއަށް އެމްޑީޕީގެ އިސްލާހީ އެޖެންޑާ ނުހަނު ބޭނުން: ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ