ނިދިއައިނަމަވެސް ފަތިސްނަމާދު ނިމިގެން ނުނިދާ ހިތްވަރުކޮށްލާ މީހުންނަށް ލިބެން ހުރި ފުރުޞަތުތައް ވަރަށް ގިނަ! އިން ޝާ ﷲ

މީހަކަށް ޚާއްޞަ ޙާލަތެއް ދިމާވެ ދެން އެހެން ގޮތެއް ނެތިއްޖެނަމަ ނޫނީ ފަތިސްނަމާދަށްފަހު ނުނިދާށެވެ! މިކިޔައިދެނީ އެކަމުގެ ސަބަބުތަކެވެ.
ފަތިސް ނަމާދަށްފަހު ނިދަން ހެޔޮނުވާނެއެވެ. ރަސޫލް ﷺ ވަނީ ދުވަހުގެ ކުރީކޮޅުގައި (ދުވަހުގެ ފުރަތަމަ ވަޤުތުތަކުގައި ބަރަކާތް ލެއްވެވުން އެދިވަޑައިގެން ދުޢާކުރައްވަވައިފައެވެ. ރަސޫލް ﷺ ކުރައްވަވާ ކޮންމެ ދުޢާއަކީ ޢިޖާބަވެގެންވާ ދުޢާއެކެވެ.
ފަތިސްނަމާދަށްފަހު އޮތީ ޛިކުރުކުރުމެވެ. ޤުރްއާން ކިޔެވުމަކީ އެންމެ މަތިވެރި ޛިކުރެވެ. އެކަންކަމަށްފަހު އޮތީ އެމީހަކު ކުރަން ބޭނުން މަސައްކަތަކަށް އެނބުރި ގަތުމެވެ. އެއީ ދިރިއުޅެންކުރާ މަސައްކަތެއް ނަމަވެސް އަދި ޢިލްމް އުނގެނުން ނަމަވެސް އަދި އެހެން މަސައްކަތެއް ނަމަވެސް އެކަމަކަށް އަވަހަށް އެނބުރިގަންނާށެވެ.
ބައެއް ޢިލްމުވެރިން ބަޔާންކުރައްވަވާ ގޮތުގައި ފަތިސްނަމާދު ޖަމާޢަތުގައިކޮށް ޛިކުރުކޮށް ނިމުމުން އެމީހަކު ކުރަން ބޭނުންވާ މަސައްކަތްތައް ކުރަން އެނބުރިގަންނަ މީހާއަށް (އެވަޤުތު ދޫކޮށްލައި) ދުވަހުގެ އެހެން ހުރިހާ ވަޤުތުތަކުގައި މަސައްކަތްކުރުމުން ލިބޭ ފައިދާއަށްވުރެ ބޮޑު ފައިދާ ލިބިގެންދާނެއެވެ. އެހެނީ އޭނާގެ އެދުވަހުގެ މަސައްކަތުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ. އިން ޝާ ﷲ. އަދި އެވަޤުތުގެ ބޭނުން ނުހިފުމުން އެ ނަގައިލެވެނީ މުޅި ދުވެހުގެ ފައިދާއެވެ.
ނަމަވެސް މީހާގެ ނިދި ހުންނަގޮތުން އެވަޤުތު ނިދަން މަޖުބޫރުވެއްޖެ ޙާލަތުގައި ނިދުމަކީވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ.
Sakhr bin Wada'ah Al-Ghamidi (May Allah be pleased with him) reported:
The Messenger of Allah (ﷺ) said, "O Allah! Bless my people in the early part of the day (morning). Whenever he dispatched a detachment or an army-unit, he would dispatch it at the beginning of the day (soon after dawn). The narrator, Sakhr (May Allah be pleased with him) was a merchant, and he used to send off his merchandise at the beginning of the day. So his trade flourished and he made a good fortune.
[At-Tirmidhi and Abu Dawud].
އަބޫދާވޫދާއި އިމާމް ތިރްމިޛީ ބަޔާން ކުރައްވަވާފައިވާ މިޙަދީޘްފުޅުގައި އެވަނީ ދުވާލުގެ ފުރަތަމަ ވަޤުތުގައި ބަރަކާތް ލެއްވެވުން އެދިވަދައިގެން ރަސޫލް ﷺ ދުޢާކުރެއްވެވި ކަމަށާއި އަދި ހަނގުރާމައަކަށް ލަޝްކަރެއް ފޮނުއްވަވާނަމަވެސް ފޮނުއްވަވަނީ އެވަޤުތުގައި ކަމަށެވެ.
މިޙަދީޘް ރިވާކުރެއްވި وداعة الغامدي الصحابي رضي الله عنه އަކީ ވިޔަފާރިވެރިއެކެވެ. وداعة الغامدي الصحابي رضي الله عنه ވިދާޅުވެފައިވަނީ ވިޔަފާރީގެ މަސައްކަތް އެވަޤުތު ފަށްޓަވާ ކަމަށާއި އެކަމުގެ ސަބަބުން ވިޔަފާޜީގެ ނަފާ ބޮޑުތަނުން އިތުރުވެ ބޮޑު ތަނަވަސްކަމެއް ލިބިވަޑައިގެންނެވި ކަމަށެވެ. --އިސްލާމީ ތިލަފަތުގެ ދަރުސަކުން
މިއަދު އަޅުގަނޑުމެންގެ ޙާލަތަށް ބައްލަވާށެވެ! އެއްބައަކު ފަތިސްނަމާދުން ފައިބައިގެން ފުރަތަމަވެސް ކޮންމެވެސް ހޮޓަލަކަށެވެ. އިރުއަރައި އެތައް އިރެއްވަންދެން ހޭދަކުރަނީ ޣީބަ ބުނެ މީސްތަކުންގެ މުޅަމަސް ކެއުމަށެވެ. އެކަމަކު އެދެނީ ކުރާ މަސައްކަތްތަކުގައި ބަރަކާތް ލެއްވެވުމަށެވެ.
އަނެއްބައަކަށް ފަތިހެއް ނުވެއެވެ. އެމީހުންނަށް މެންދަމުން އަލިވެފައި (ގެއަށް ނިދަން ދަނީ މެންދަމުން އަލިވުމުންނެވެ.) ދެން ބައްދަލުވަނީ ހެނދުނެވެ. (ހޭލަނީ ހެނދުނުއެވެ.) އަނެއްބައަކު ގޭގައި ތިބެ އިރާކޮޅު ނިދިނަމަވެސް ހޭލަނީ ހެނދުނުއެވެ. މިއިން އެއްވެސް ބައަކަށް ފަތިހެއް ނުވެއެވެ. ފަތިސްނަމާދުގެ ބަންގީގެ އަޑުއެހީ ކޮން ދުވަހަކުތޯ ސުވާލުކުރުމުން ލިބޭ ޖަވާބުން މިކަންކަން އެނގިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ