ފަލަސްތީނުގެ އެއްވެސް ސަރަހައްދަކުން އެ ގައުމުގެ ރައްޔިތުން ބޭރުކޮށްލުން ފެއިލް ވާނެ: ނަޝީދު

ފަލަސްތީނުގެ އެއްވެސް ސަރަހައްދަކުން އެ ގައުމުގެ ރައްޔިތުން ބޭރުކޮށްލުމަކީ ފެއިލްވާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ އެއްވެސް ސަރަހައްދަކުން އެގައުމުގެ ރައްޔިތުން ބޭރުކޮށްލުމުގެ ޕްލޭން ވާނީ ފެއިލް ކަމަށާއި އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ހަނގުރާމަ ނިމުމަކަށް ގެންނާން ޖެހޭ ކަމަށެވެ.
އަދި ސުލްހައިގެ މަގު އިހުތިޔާރުކުރުމަށް ވެސް ނަޝީދު ގޮވައިލެއްވިއެވެ.
އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ސުލްހަ ކޮންމެހެން ވެސް ބޭނުންވާ ކަމަށް ނަޝީދުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފަމުން އަންނަތާ އެތައް އަހަރެއް ވެފައިވާއިރު، މިފަހުން ފަލަސްތީނަށް ދޭން ފެށި އެންމެ ވަރުގަދަ ހަމަލާތައް ފަށާފައި ވަނީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 07 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ