ނިދީން ހޭލެވުމަކީ ލައްވަވާ ރަޙްމަތެއް! މިފަދައިން ޛިކުރުކުރަންވާނެ!

ޢާއިޝަތު ރަފާޙް ޢަލީ
 
ﷲ ތަޢާލާގެ މަތީން ހަނދުމަކުރުމަކީ ކުރަން އެންމެ ފައިދާހުރި ކަންތަކެވެ. ކޮންމެ ދުވަހަކުވެސް އެތައް ފަހަރަކު ﷲ ތަޢާލާއަށް އެކި ކަންކަމުގައި މުސްލިމުން ޛިކުރު ކުރެއެވެ. އެގޮތުން މިލިޔުމުގައި މިބަޔާން ކޮށްލަނީ ނިދައި ހޭލުމަށްފަހު ކިޔާ ޛިކުރުތަކެވެ. 
· الحَمْدُ لِلَّهِ الذي أحْيَانَا بَعْدَ ما أمَاتَنَا، وإلَيْهِ النُّشُورُ.
މާނައީ: "އެންމެހާ ޙަމްދު ތަޢުރީފެއް ޙައްޤުވެގެންވަނީ ﷲއަށެވެ. އެކަލާނގެއީ އަޅަމެން މަރުވުމަށްފަހު ދިރުންދެއްވި ރަސްކަލާނގެއެވެ. އަދި (ކައްވަޅުތަކުން) ތެދުވެގެން ދިޔުންވަނީ އެކަލާނގެ ޙަޟްރަތަށެވެ."
الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net) 
· لا إله إلا الله وحده لا شريك له، له الملك وله الحمد، وهو على كل شيء قدير، سبحان الله، والحمد لله، ولا إله إلا الله، والله أكبر، ولا حول ولا قوة إلا بالله العلي العظيم، رب اغفر لي 
މާނައީ: "ﷲ މެނުވީ އަޅުކަންވެވުން  ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. އެކަލާނގެއީ އެކަލާނގެއަށް އެއްވެސް ޝަރީކަކުނުވާ އެއްކައުވަންތަ ރަސްކަލާނގެއެވެ. އެންމެހާ ވެރިކަމެއްވަނީ އެކަލާނގެއަށެވެ. އަދި އެންމެހައި ޙަމްދު ތަޢުރީފެއްވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް  ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ﷲ ހުރިހާ ޢައިބަކުން ހުސްޠާހިރުވެވޮޑިގެންވެއެވެ. އަދި އެންމެހައި ޙަމްދު ތަޢުރީފެއް ލިބިވޮޑިގެންވަނީ ﷲއަށެވެ. އަދި ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކު ނުވެއެވެ. އަދި އެންމެ ބޮޑީ ﷲއެވެ. އަދި ހެޔޮކަމެއް ކުރުމުގެ އެއްވެސް ބާރެއް އަދި ނުބައިކަމަކުން ސަލާމަތްވުމުގެ އެއްވެސްބާރެެއް މަތިވެރި ﷲ ގެ ޙަޟްރަތުން މެނުވީ  ނުވެއެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ފާފަފުއްސަވާނދޭވެ!" 
https://timesprayer.today/athkar1-%D8%A3%D8%B0%D9%83%D8%A7%D8%B1-%D8%A7%D9%84%D8%A7%D8%B3%D8%AA%D9%8A%D9%82%D8%A7%D8%B8-%D9%85%D9%86-%D8%A7%D9%84%D9%86%D9%88%D9%85.html 
· الحمد لله الذي عافاني في جسدي، ورد علي روحي، وأذن لي بذكره
މާނައީ: “އެންމެހާ ޙަމްދު ތަޢުރީފެއް ޙައްޤުވެގެންވަނީ ﷲއަށެވެ. އެކަލާނގެއީ މި އަޅާގެ ހަށިގަނޑަށް ފުރިހަމަ ޢާފިޔަތުދެއްވައި އަދި މި އަޅާގެ ފުރާނަ އަލުން މި އަޅާއަށް ދެއްވައި އަދި އެކަލާނގެއަށް ޒިކުރު ކުރުމުގެ ހުއްދަ މި އަޅާއަށް ދެއްވި ރަސްކަލާނގެއެވެ. 
https://timesprayer.today/athkar1-%D8%A3%D8%B0%D9%83%D8%A7%D8%B1-%D8%A7%D9%84%D8%A7%D8%B3%D8%AA%D9%8A%D9%82%D8%A7%D8%B8-%D9%85%D9%86-%D8%A7%D9%84%D9%86%D9%88%D9%85.html 
·  إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِّأُولِي الْأَلْبَابِ ‎﴿١٩٠﴾‏ الَّذِينَ يَذْكُرُونَ اللَّهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ رَبَّنَا مَا خَلَقْتَ هَٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ ‎﴿١٩١﴾‏ رَبَّنَا إِنَّكَ مَن تُدْخِلِ النَّارَ فَقَدْ أَخْزَيْتَهُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ ‎﴿١٩٢﴾‏ رَّبَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلْإِيمَانِ أَنْ آمِنُوا بِرَبِّكُمْ فَآمَنَّا ۚ رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأَبْرَارِ ‎﴿١٩٣﴾‏ رَبَّنَا وَآتِنَا مَا وَعَدتَّنَا عَلَىٰ رُسُلِكَ وَلَا تُخْزِنَا يَوْمَ الْقِيَامَةِ ۗ إِنَّكَ لَا تُخْلِفُ الْمِيعَادَ ‎﴿١٩٤﴾‏فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لَا أُضِيعُ عَمَلَ عَامِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰ ۖ بَعْضُكُم مِّن بَعْضٍ ۖ فَالَّذِينَ هَاجَرُوا وَأُخْرِجُوا مِن دِيَارِهِمْ وَأُوذُوا فِي سَبِيلِي وَقَاتَلُوا وَقُتِلُوا لَأُكَفِّرَنَّ عَنْهُمْ سَيِّئَاتِهِمْ وَلَأُدْخِلَنَّهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ ثَوَابًا مِّنْ عِندِ اللَّهِ ۗ وَاللَّهُ عِندَهُ حُسْنُ الثَّوَابِ ‎﴿١٩٥﴾‏ لَا يَغُرَّنَّكَ تَقَلُّبُ الَّذِينَ كَفَرُوا فِي الْبِلَادِ ‎﴿١٩٦﴾‏ مَتَاعٌ قَلِيلٌ ثُمَّ مَأْوَاهُمْ جَهَنَّمُ ۚ وَبِئْسَ الْمِهَادُ ‎﴿١٩٧﴾‏ لَٰكِنِ الَّذِينَ اتَّقَوْا رَبَّهُمْ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا نُزُلًا مِّنْ عِندِ اللَّهِ ۗ وَمَا عِندَ اللَّهِ خَيْرٌ لِّلْأَبْرَارِ ‎﴿١٩٨﴾‏ وَإِنَّ مِنْ أَهْلِ الْكِتَابِ لَمَن يُؤْمِنُ بِاللَّهِ وَمَا أُنزِلَ إِلَيْكُمْ وَمَا أُنزِلَ إِلَيْهِمْ خَاشِعِينَ لِلَّهِ لَا يَشْتَرُونَ بِآيَاتِ اللَّهِ ثَمَنًا قَلِيلًا ۗ أُولَٰئِكَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ ۗ إِنَّ اللَّهَ سَرِيعُ الْحِسَابِ ‎﴿١٩٩﴾‏ يَا أَيُّهَا الَّذِينَ آمَنُوا اصْبِرُوا وَصَابِرُوا وَرَابِطُوا وَاتَّقُوا اللَّهَ لَعَلَّكُمْ تُفْلِحُونَ ‎﴿٢٠٠﴾‏ 
މާނައީ: "ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ أهل ވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއްވެއެވެ. (190) އެއުރެންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެތިބެގެންނާއި، އޮށޯވެތިބެގެން، اللَّه ހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާމެދު، ފިކުރުކޮށް އުޅޭމީހުންނެވެ. (އެއުރެން ދަންނަވާނެތެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ، باطل ގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ފަހެ، ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ! (191) އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ނަރަކަޔަށް ވައްދަވައިފިމީހާ، ފަހެ، އިބަރަސްކަލާނގެ އެމީހަކު ނިކަމެތި ކުރައްވައިފިކަން ކަށަވަރެވެ. އަނިޔާވެރިންނަށް نصر ދޭނެ އެއްވެސް ބަޔަކު ނުވެއެވެ. (192) އަޅަމެންގެ ވެރިރަސްކަލާކޮ! إيمان ވުމަށް ގޮވާލައްވާ رسول އަކު ތިޔަބައިމީހުންގެ ވެރިރަސްކަލާނގެޔަށް إيمان ވާށޭ ގޮވާލައްވާ އަޑު، ހަމަކަށަވަރުން، އަޅަމެން އެހީމުއެވެ. ދެން، އަޅަމެން إيمان ވީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ފަހެ، އަޅަމެންނަށް އަޅަމެންގެ ފާފަތައް ފުއްސަވާނދޭވެ! އަދި، އަޅަމެންގެ ކިބައިން އަޅަމެންގެ ކުށްތައް عفو ކުރައްވާނދޭވެ! އަދި، ހެޔޮލަފާ މީހުންނާއެކު އަޅަމެން މަރުގަންނަވާނދޭވެ! (193) އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ رسول ންގެ ދޫފުޅުމަތީން އަޅަމެންނަށް وعد ކުރައްވާފައިވާ ކަންތައް، އަޅަމެންނަށް ދެއްވާނދޭވެ! އަދި، قيامة ދުވަހުން އަޅަމެން ނިކަމެތި ނުކުރައްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެ وعد އާ خلاف ވެ ވޮޑިއެއް ނުގަންނަވަމުއެވެ. (194) ދެން، އެއުރެންގެ ވެރިރަސްކަލާނގެ، އެއުރެންގެ دعاء އިޖާބަ ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނުންކުރެ ނުވަތަ އަންހެނުންކުރެ، عمل ކުރާ މީހެއްގެ عمل، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ. ތިޔަބައިމީހުންކުރެ އެއްބަޔަކުވަނީ އަނެއްބަޔެއްގެ ކިބައިންނެވެ. ފަހެ، އެއުރެން هجرة ކޮށް އެއުރެންގެ ގޮވަތިގެދޮރުން ނެރެވި، ތިމަންރަސްކަލާނގެ މަގުގައި އެއުރެންނަށް އުނދަގޫލިބި، ހަނގުރާމަކޮށް، އަދި قتل ވީ މީހުންގެ ކިބައިން އެއުރެންގެ ކުށްފާފަތައް ހަމަކަށަވަރުން ތިމަންރަސްކަލާނގެ ފުއްސަވާހުށީމެވެ. އަދި، އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ. اللَّه ގެ حضرة ން ލިބޭ ثواب އެއްގެ ގޮތުގައެވެ. ރިވެތިވެގެންވާ ثواب ވަނީ اللَّه ގެ حضرة ގައެވެ. (195) كافر ވި މީހުން ރަށްތަކުގައި އެގޮތްމިގޮތަށް އުޅޭއުޅުން ކަލޭގެފާނު ހެއްލުންތެރި ކުރިއަ ނުދޭހުށިކަމެވެ! (196) (އެއީ) ކުޑަކުޑަ ވަގުތީ އަރާމެކެވެ. ދެން، އެއުރެން ތިބެނިވި ތަނަކީ ނަރަކައެވެ. އަދި، އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ! (197) އެހެނެއްކަމަކު އެއުރެންގެ ވެރިރަސްކަލާނގެއަށް تقوى ވެރިވި މީހުންނަށް، އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް ހުށްޓެވެ. އެތަންތާނގައި، އެއުރެން ދެމިތިބޭ حال ގައެވެ. اللَّه ގެ حضرة ން ލިބޭ شرف އެއްގެ ގޮތުގައެވެ. اللَّه ގެ حضرة ގައިވާ ކަންތައް ހެޔޮލަފާ މީހުންނަށް، މާހެޔޮވެގެން ވެއެވެ. (198) ހަމަކަށަވަރުން، اللَّه އަށް إيمان ވާ، އަދި، ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށާއި، އެއުރެންނަށް ބާވައިލެއްވި ފޮތަށް إيمان ވާ މީހުން ހަމަކަށަވަރުން، ފޮތުގެ أهل ވެރިންގެ ތެރެއިންވެއެވެ. އެއުރެން اللَّه އަށް މަޑުމައިތިރިވެގެންވާ حال ގައެވެ. اللَّه ގެ آية ތަކަށް އެއުރެން ކުޑައަގެއް ނުގަނެތެވެ. އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި، އެއުރެންގެ ދަރުމަ އެއުރެންނަށް ހުށްޓެވެ. ހަމަކަށަވަރުން، اللَّه އީ، حساب ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. (199) އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ކެތްކުރާށެވެ! އަދި، (دشمن ންނާ ހަނގުރާމަ ކުރުމުގައި އެއުރެންނަށްވުރެ ބޮޑަށް) ތިޔަބައިމީހުން ކެތްތެރިވާށެވެ! އަދި، دشمن ން އަތުވެދާނޭ މަގުތަކަށް ބަލަބަލާ جهاد ކުރުމަށް ތައްޔާރީގައި ތިބޭށެވެ! އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ. (200)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ