މިނިވަން ކަމަށް ބުރު އަރާނީ ހަމަ އެކަނި ހަތިޔާރުން ނޫން: މައުމޫން

ރާއްޖޭގެ މިނިވަން ކަމަށް ބުރު އަރާނީ ހަމަ އެކަނި ހަތިޔާރުން ނޫން ކަމަށާއި ސިޔާސީ ހަމަނުޖެހުން އުފެދި ދީނީ ވަހްދު ގެއްލި އިގްދިސޯދީ ގޮތުން ބޮޑެތި ބާރުތައް އޮންނަ ފަރާތުގެ ނުފޫޒުގައި ޖެހުން ވެސް ދިވެހިންގެ މިނިވަންކަން އަތުން ބީވެދާނެ ކަމަށް ކުރީގެ ރައިސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ މިނިވަން ކަމަށް މިއަދު 50 އަހަރު ފުރުމުގެ މުނާސަބަތުގައި މައުމޫން ނެރުއްވި ހިތާބްއެއްގައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ހިފެހެއްޓުމަށް ދިވެހިން ހުޝިޔާރު ކަމާއެކު ފަރުވާތެރިވާން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މީގެ ކުރިން ވެސް ދިވެހި ރާއްޖެ ވަނީ އެފަދަ ބިރުވެރިކަމަކާ ކުރިމަތިލާން ޖެހިފައި ކަމަށާއި ދިވެހިންގެ އަތްމަތީ މިނިވަންކަން ދެމެހައްޓުމަށް ގަދައަޅާ މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހިން ތިބީ އިގްތިސާދީ ގޮތުން ވަރަށް ވަރުގަދަ ބިނގަލެއް މަތީ މިނިވަންކަން ހިމާޔައް ކުރަން ތައްޔާރަށް ކަމަށެވެ. އަދި މި ގޮތުގައި އަބަދަށް ދެމި ތިބުމަށް އެމަނިކްފާނު އެދި ވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ