ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށް ތައިލެންޑާއި ކެމްބޯޑިއާއިން އެއްބަސްވުމަކަށް

ތައިލެންޑާއި ކެމްބޯޑިއާ އާ ދެމެދު ބަދަލުކުރަމުން އަންނަ ހަމަލާތައް ހުއްޓާލުމުގެ އެންމެފަހުން ދެ ޤައުމުން އެއްބަސްވެއްޖެއެވެ.
އެމެރިކާ އާއި މެލޭޝިއާ މެދުވެރިވެގެން ކުރި މުއާމަލާތްތަކަށްފަހު، ހަމަލާތައް ބަދަލުކުރުންތައް ހުއްޓާލިއިރު، 100 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލި އެތައް ލައްކަ ބައެއްގެ ދިރިއުޅުން ވަނީ ގެއްލިފައެވެ. މީގެ އިތުރުން މި ހަމަލާތަކުގައި ދެކޮޅުންވެސް ސިފައިން މަރުވިއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދެ ޤައުމުގެ ޑިފެންސް މިނިސްޓަރުންގެ ފަރާތުން ނެރުނު ޖޮއިން ސްޓޭޓްމަންޓްގައި ބުނެފައިވަނީ، ހަމަލާތައް ބަދަލުކުރުމަށް ހުއްޓާލުމަށް މިއަދު ވެވުނު އެއްބަސްވުމާ އެއްގޮތަށް ދެފަރާތުންވެސް އަމަލުކުރަމުންދާނޭކަމަށެވެ. އެއްބަސްވުމުގެ ދަށުން ހައްޔަރުކޮށްފައިތިބި މީހުން ދޫކުރުމާ ކަންކަން ކުރިއަށްދާނޭކަމަށްވެސް ވަނީ ބުނެފައެވެ. ތައިލެންޑްގެ އަސްކަރިއްޔާގެ ޖަލުތަކުގައި މިހާރުވެސް ކެމްބޯޑިއާއަށް ނިސްބަތްވާ 18 ސިފައިން އެބަތިއްބެވެ.
މީގެ އިތުރުން އެއްބަސްވުމުގެ ދަށުން އެއްގައުމުގެ އަސްކަރިއްޔާއިން އަނެއް ޤައުމުގެ އަސްކަރިއްޔާގައި ބޭނުންކުރާ އާލާތްތަކަށް އަމާޒުކޮށް ހަމަލާ ނުދިނުމަށްވެސް ވަނީ ޝަރުތުކޮށްފައެވެ.
ކެމްބޯޑިއާ އަދި ތައިލެންޑާ ދެމެދު ހަމަލާތައް ބަދަލުކުރުންތައް ހުއްޓާލާފައިވާއިރު ހަމަލާތައް ފެށިފައިވަނީ، ދެ ޤައުމުގެ ބޯޑަރުގައި ލޭންޑްމައިނެއް ގޮވުމުގެ ސަބަބުން ތައިލެންޑް ސިފައިންގެ ފަސް މީހަކު މަރުވި ހިސާބުންނެވެ. 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ