ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް: މޮޅަދޫ ޔަންގް ބްލަޑް ހުއްޓުމެއް ނެތި ކުރިއަށް!
ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމްކޮށްގެން ހއ. އަތޮޅަށް ހާއްސަކޮށްގެން ބާއްވާ "ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025" ގައި މޮޅަދޫ - ޔަންގް ބްލަޑް ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވެ އެ ޓީމްގެ ފޯމު ދަމައްޓައިފި އެވެ.މުބާރާތުގައި ކުޅުނު ދެ ވަނަ މެޗުގައި ޔަންގް ބްލަޑް މިއަދު ހަވީރު ނުކުތީ ދިއްދޫ ބާރަލާ ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. މި މެޗް ނިމުނީ ފަހަތުން އަރާ 3-2 ން މޮޅުވެގެން ނެވެ. ޔަންގް ބްލަޑް އިއްޔެ ކުޅުނު މެޗުގައި 22 ސްޕޯޓްސް ކްލަބް ބަލިކުރީ 3-2 ން ނެވެ.މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗް އަށް އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ އެންވީކޭ ހާޒިރު ނުވުމުން އެ ޓީމާއި ވާދަކުރަން އޮތް ހޯރަފުށީ ޓީމް ހިޔާ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.މާދަމާ ކުޅޭ މެޗްތައް: ހަވީރު 16:00 ބައްދަލުކުރާނީ ހޯރަފުށީ 22 ސްޕޯޓްސް ކްލަބް އާއި ދިއްދޫ ބާރަލާ ސްޕޯޓްސް ހަވީރު 17:00 ގައި ބައްދަލުކުރާނީ ހޯރަފުށީ އެފްސީ ފްރޮގޭޓާރ އާއި އިހަވަންދޫ އެންވީކޭމި މުބާރާތުގެ ސެމީ ފައިންލްގެ މެޗްތައް 29 ވަނަ ދުވަހު އޮންނައިރު ފައިނަލް ކުޅޭނީ 30 ވަނަ ދުވަހު ގެ ރޭ 20:30 ގައި އެވެ.މި މަހު 26 އިން 30 ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ޗެންޕިއަން ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ