ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް: މިއަދު ހަވީރު މެޗަށް އިހަވަންދޫ ޓީމް ހާޒިރެއް ނުވި!
ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމްކޮށްގެން ހއ. އަތޮޅަށް ހާއްސަކޮށްގެން ބާއްވާ "ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025" ގެ މިއަދު ހަވީރު ތާވަލް ކުރި މެޗަށް އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ އެންވީކޭ ހާޒިރު ނުވުމުން އެ ޓީމާއި ވާދަކުރަން އޮތް ހޯރަފުށީ ޓީމް ހިޔާ އަށް މެޗު ލިބިއްޖެ އެވެ. އެންވީކޭ މިއަދު "ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025" އަށް ހާޒިރު ނުވީ އެހެން މުބާރާތެއްގައި އެޓީމް ކުޅެން ޖެހުމުން ކަމަށް މައުލޫމާތު ލިބުނެވެ. މެޗަށް އެންވީކޭ ހާޒިރު ނުވުމުން ގަވާއިދު ބުނާ ގޮތުން ޓީމް ހިޔާ އަށް ވަނީ 3 ޕޮއިންޓާއި އެއް ގޯލް ލިބިފަ އެވެ.މި މަހު 26 އިން 30 ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ޗެންޕިއަން ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ފުޓްސަލް ކުޅޭ ޒުވާނުންގެ ހުނަރު ދައްކާލައި، ހުނަރު އިތުރަށް ތަރައްގީކޮށް ފުޓްސަލްއިން ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމާއި، ކުޅުންތެރިން އަދި ފުޓްސަލް ޓީމްތައް އުފެއްދުމުގެ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކުގެ މެދުގައި ކުޅިވަރުގެ ތެރެއިން އެކުވެރިކަން ބަދަހިކުރުމާއި، އެންމެންނަކީ ވެސް ސިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ