ކޯޓަށް ހާޒިރުކުރަން ހޯދި އިޒާމް ފުލުހުންނާ ހަވާލުވެއްޖެ
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ނުވަ ފަހަރަށް އިއުލާނުކޮށްގެންވެސް ނުފެނުނު އިޒާމް ޒާހިރު އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.ގދ. ވާދޫއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ އިޒާމް ހޯދަމުން އައީ ރޭޕްގެ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓުން ކުރިއަށް ގެންދާ ޝަރީއަތުގެ އަޑުއެހުންތަކަށް އޭނާ ހާޒިރުނުވެގެންނެވެ.އެކަން ނޫސްތަކަށް އެރި ފަހުން އިޒާމް ވަނީ މިއަދު އަމިއްލައަށް ފުލުހުންގެ ކަސްޓޯޑިއަލްއަށް ހާޒިރުވެފަ އެވެ.ފުލުހުން ބުނީ އިޒާމް ވަނީ އަމިއްލައަށް ފުލުހުންގެ ކަސްޓޯޑިއަލްއަށް ހާޒިރުވުމުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ޑިސެމްބަރު 30 ވަނަ ދުވަހަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒުކުރުމަށް ކަމަށް އެ އިދާރާ އިން ބުންޏެެވެ.އޭނާ ފެނިފައި މިވަނީ އޭނާ ހޯދުމަށް އެކި ފަހަރު މަތިން އިއުލާނުކުރަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.އޭނާ ހައްޔަރުކުރީ ބަންދުގައި ބަހައްޓައިގެން މިމަހުގެ 30 ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒުކުރުމަށް ކަމަށްވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ