އުރީދޫ ހޮޅުއަށި: މުނިފޫހިފިލުވުމާއި ތައުލީމީ ހިދުމަތްތައް އެއްތަނަކުން

އުރީދޫ ހޯޅުއަށްޓަކީ އުރީދޫ ސުޕަ އެޕްގައި ހިމެނޭ ޑިޖިޓަލް ކޮންޓެންޓް މާކެޓްޕްލޭސް އެކެވެ. މިއީ އުރީދޫގެ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު އެކި ބާވަތުގެ ޑިޖިޓަލް އުފެއްދުންތައް ގަތުމަށް ފަރުމާކޮށްފައިވާ އެއް މަންޒިލެކެވެ. ފަސޭހަ އިންޓަފޭސްއަކާ އެކު ފަރުމާކޮށްފައިވާ މި ޕްލެޓްފޯމުން ކޮންމެ ތަނެއްގައި ހުރެގެން ވެސް މުނިފޫހިފިލުވުމާއި ތައުލީމީ މައުލޫމާތުތައް ހޯދޭނެ އެވެ.
ތަފާތު ޝައުގުވެރިކަން ހުރި ކަސްޓަމަރުންނަށް އަމާޒުކޮށް، ހޮޅުއަށިން އޯޑިއޯ ބުކްސް، ގޭމް، ކުޑަކުދިންނަށް ހާއްސަ ކޮންޓެންޓް، ހެލްތު އެންޑް ފިޓްނަސް އަދި އެންޓަޓެއިންމަންޓް ފަދަ ގިނަ ކޮންޓެންޓްތަކެއް ލިބެން ހުރެ އެވެ. ކަސްޓަމަރުންގެ ޑިޖިޓަލް ބޭނުންތަކާ އެއްގޮތަށް، މި ޕްލެޓްފޯމަށް އާ ކޮންޓެންޓްތައް އަބަދު ވެސް އިތުރުކުރަމުންދެ އެވެ.
އުރީދޫން މިހާރު ވަނީ މީޑިއާނެޓް ސީޒަން ޕާސް ހޮޅުއަށި މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސާފަ އެވެ. މި ބަދަލާ އެކު، ލައިވް ޓީވީ އާއި އޮން-ޑިމާންޑް ކޮންޓެންޓް އަދި ސްޕޯޓްސް ކަވަރޭޖް ފަދަ ޕްރީމިއަމް އެންޓަޓެއިންމަންޓް ހިދުމަތްތައް ފަސޭހަކަމާ އެކު ކަސްޓަމަރުންނަށް ލިބޭނެ އެވެ.
ކަސްޓަމަރުންނަށް އުރީދޫ ސުޕަ އެޕް މެދުވެރިކޮށް ހޮޅުއަށްޓަށް ވަދެ، މޮބައިލް ބެލެންސް ބޭނުންކޮށްގެން ފަސޭހަކަމާ އެކު ވިޔަފާރި ކުރެވޭނެ އެވެ. ޕްރީޕެއިޑް ކަސްޓަމަރުންނަށް ވިޔަފާރިކުރާ ވަގުތު އެ އަދަދު ބެލެންސްއިން ކެނޑޭނެ އެވެ. އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަހު ފީއާ އެކު މި ހަރަދުތައް ދެއްކުމުގެ ފުރުސަތު ލިބޭނެ އެވެ.
ހޮޅުއަށްޓަށް ގެންނަ މިފަދަ ކުރިއެރުންތަކާ އެކު، އުރީދޫގެ އަމާޒަކީ ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކޮށް، ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ